ހަލީމަތު ޕީއެސްއެމް ބަހުސްގައި. / ޕީއެސްއެމް
ސިޔާސީ
މަގުމަތިން ފެންނަ ގޭންގެކޭ، މިހާރު މަޖިލީހުން ފެންނަ ގޭންގެކޭ އެއްވެސް ތަފާތެއް ނެތް: ހަލީމަތު
Aishath Naja
އައިޝަތު ނަޖާ
20 ފެބްރުއަރީ 2024
މާލެ ސިޓީ

މަގުމަތިން ފެންނަނީ ގޭންގްތައް ކަމުގައި ވާނާމަ އަދުގެ ރައްޔިތުންގެ މަޖިލީހުންވެސް ފެންނަނީ އެފަދަ ގޭންގް ތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ ޕީއެންއެފްގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި މެދު ހެންވެއިރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހަލީމަތު ޒުހައިރާ ވިދާޅުވެއްޖެއެވެ.

ހަލީމަތު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑީޔާގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާ ކެންޑިޑޭޓުންގެ މެދުގައި ކުރިޔަށް ގެންދިޔުމަށް ހަމަ ޖައްސާފައިވާ ބަހުސްގެ ތެރެއިން "މެދު ހެންވޭރު" ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މެދުގައި ކުރިޔަށް ގެންދިޔަ ބަހުސްގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހަލީމަތު ވިދާޅުވީ ގޭންގް މައްސަލަ އަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޝިޔާމަށް ރައްދު ދެއްވަމުން ހަލީމަތު ވިދާޅުވީ ގޭންގު ތަކުގެ މައްސަލައަކީ ހަމައެކަނި ހޯމްލޭންޑް މިނިސްޓްރީއަށާއި ޕޮލިހުންނަށް ހައްލު ގެނެސްދެވޭނެ ކަމެއް ނޫންކަމަށެވެ.

ހަލީމަތު އިތުރަށް ވިދާޅުވީ ޒުވާނުން މަގުމައްޗައް ނިކުމެ އުޅެންޖެހެނީ ވަޒީފާގެ ފުރުސަތުތައް ހަނި ވާތީ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލިކަމަށާއި އެދުވަސްވަރު ގައުމުގައި ކުށުގެ ވެއްޓެއް ހުށަހެޅުނު ޒުވާނުން މަދުވެ ވައްކަމާ ފޭރުން އިްނތިހާއަށް ދަށްވެ އަމާން ވެއްޓެއް ގާއިމުކުރެވިގެން ދިޔަ މަންޒަރު ފެނުނުކަން ހަލީމަތު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ވެމްކޯއިން ދިވެހިންނަށް ވަޒީފާ ދިން ދުވަސްކޮޅަކީ ހަމަ ވަަރަށް ބޮޑަށް ކުށްތައް މަދުވެގެން ދިޔަ ދުވަސްކޮޅެއް. އެހެންވީމާ ރަނގަޅު ލީޑަރެއްގެ ފަހަތްޕުޅުގައި ތިއްބަވައިގެން ކަންތައްތައް ނިންމަވައިގެން ކަންތައްތައް ހައްލުވެގެންދާނެ ވަރަށް ފަސޭހައިން. ދެން ގޭންގް ގެ ވާހަކަދެއްކީމާ އަޅުގަނޑަށް މަގުމަތިން ފެންނަ ގޭންގެކޭ މިހާރު މަޖިލީހުން ފެންނަ ގޭންގެކޭ ހަމައެއްވެސް ތަފާތެއް ނެތް. ވަރަށް ބޮޑަށް މައާފަށް އެދެން. އެއީ ހަގީގަތަކީ.

- ހަލީމަތު ޒުހައިރާ

އޭގެއިތުރުންވެސް ހަލީމަތު ވިދާޅުވީ ގޭންގް ނިސްބަތްކޮށްގެން މަގުމަތީގައި އުޅޭ ޒުވާނުންނަށް ވާހަކަ ދެއްކުމަކީ އޭނާ އެންމެ އެދޭ ގޮތް ނޫންކަމަށެވެ.

ބަހުސް ކުރިޔަށްދިޔައިރު ހަލީމަތު ވަނީ އޭނާގެ ސިޔާސަތުތަކާއި ތަސައްވަރުވެސް ހާމަކޮށްދެއްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved