May 6, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
Jun 11, 2025, 06:56 PM

އެކިހިސާބަށް ވިއްސާރަކުރާނެ ކަމާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

ކަނޑުތައް ގަދަވާނެ ކަމާއި ރާޅުތަކުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދޭތެރޭގައިކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުންވަނީ އިލްތިމާސްކޮށްފަ އެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved