

ހައްޖުގެ އަޅުކަމަށް ފަހު ހައްޖުވެރިން އެނބުރި މާލެ އަންނައިރު އެމީހުން ބަލައި ކުޑަކުދިން އެއާޕޯޓަށް ނުގެންދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ
ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އެއާޕޯޓް ފަދަ މީހުން ގިނަ ތަންތަނަށް ދިއުން ރައްކާތެރިނޫން ކަމުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ.
އާންމު ގޮތެއްގައި ހައްޖުވެރިން އެބުރި އަންނައިރު ގިނަ އަދަދެއްގެ ކުޑަކުދިން އެއާޕޯޓުން ފެންނަ މިންވަރު ގިނަ ކަމަށާއި އަދި ހާއްސަކޮށް އުމުރުން ހަ މަސް ނުވާ ކުޑަކުދިންނާއި ހަ އަހަރުން ދަށުގެ ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ ކުޑަކުދިން އަދި އުމުރުން ދުވަސްވީ ބަލި މީހުން އެއާޕޯޓަށް ގެންދިޔުމަކީއެދެވިގެންވާ ކަމެއް ނޫންކަމުގައި ބުނެފައި ވެއެވެ.
ހައްޖުވެރިން އެނބުރި އަންނައިރު ރޯގާ ޖެހި ބަލިވެފައި ވާނަމަ މާސްކު އަޅައިގެން އައުމަށް ވަނީ އެޗްޕީއޭގެ ފަރާތުްނ ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ 1000 ހައްޖުވެރިން މާލެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ނެވެ.