June 18, 2026
Advertisement
މަޖިލިސް ތަޅުން
މަޖިލިސް ތަޅުން / -

ކުރާނެ މާ ބޮޑު ކަމެއް ނެތި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 11, 2025, 08:03 PM
މާލެ ސިޓީ

އީދު ބަންދަށްފަހު މަޖިލީސްގެ ފުރަތަމަ ޖަލްސާއެއް މިއަދަށް ތާވަލްވެފައި ވީއިރު، ކުރަން ހުރި މަސައްކަތްތައް ގަޑިއިރެއްގެ ތެރޭގައި ނިންމާލައި ޖަލްސާ ކުރުކޮށްލައިފި އެވެ.

Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އޮތީ ސިވިލް އޭވިއޭޝަން ގާނޫނަށް ގެންނަ އިސްލާހަށް ބަހުސް ކުރުމާއި، ނޭޕާލުން ދިވެހިރާއްޖެއަށް ކަނޑައަޅާ ނަން-ރެސިޑެންޓް ސަފީރު ކަމަށް އައިޝަތު އަޒީމާ އައްޔަން ކުރުމާމެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމުގެ އިތުރުން، ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުމާމެދު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމެވެ.

މީގެ އިތުރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބުދުﷲ ހަމީދު އައްޔަންކުރެއްވުމާ ގުޅޭގޮތުންނާއި ރާއްޖެއިން، ނޭޕާލަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް، ރާއްޖެއިން، އިންޑިއާއަށް މިހާރު ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރެއްވުމާ ގުޅޭގޮތުން ވޯޓަށް އަހާފައި ވެއެވެ. މީގެ އިތުރުން ވޯޓަށް އަހާފައިވަނީ ސަރުކާރުގެ ފަރާތުން ސިވިލް އޭވިއޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށެވެ.

މިއަދުގެ ޖަލްސާގައި ހުށަހެޅި ސިވިލް އޭވިއޭޝަން ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކޮށްފައި ވަނީ އެންމެ ދެ މެންބަރުންނެވެ. އަޒީމާ ނޮންރެސިޑެންޓް ސަފީރު ކަމަށް އައްޔަނުކުރުމާ ގުޅޭގޮތުން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރީ އެންމެ މެންބަރެކެވެ. އަދި ސްޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުالله ހަމީދާއި، މުޙައްމަދު ސަލީމް އައްޔަނު ކުރުމާ ގުޅޭ ރިޕޯޓަށް ބަހުސްކުރީ ދެ މެންބަރުންނެވެ.

މިޔާއިއެކު ސިވިލް އެވިއޭޝަން އޮތޮރިޓީގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލް ބަލައިގަތުމާއި، އަޒީމާއާއި، އަބްދުالله ހަމީދުގެ އިތުރުން ސަލީމަށް މަޖިލީހުން ރުހުން ދިނުމަށް ވޯޓަށް އެހުމަށްފަހު، މިއަދުގެ ޖަލްސާގައި ކުރާނެ އެހެން ކަމެއް ނެތުމުން ޖަލްސާ ވަނީ ކުރުކޮށްފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަދުވަހުގައި ކަން މަޖިލީސްގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައި އެވެ. ކުރާނެ މަސައްކަތެއް ނެތި މި ނިމުނު ހަފްތާވެސް ދިޔައީ މަޖިލިސް ނުބާއްވަ އެވެ.

ބޮޑު މުސާރައިގައި ތިއްބަވާ މެންބަރުން މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތި ޗުއްޓީގައި ގިނަ ދުބަހު ތިބޭތީ އާންމުންގެ ފާޑުކިޔުން 20 ވަނަ މަޖިލީހަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved