ހިންނަވަރު ޞިއްޙީ މަރުކަޒު / ސޯޝަލް މީޑިއާ
ހަބަރު
ހިންނަވަރުގެ އެމްބިއުލަންސް ހަލާކުވެފައި، ދަން ޖެހުނު މީހާ އުފުލީ ސައިކަލް ފަހަތުގައި!
11 ޖޫން 2025
މާލެ ސިޓީ

ސިއްހީ ދާއިރާ އިންތިހާއަށް ކުރިއަރުވާފައިވާ ކަމަށް ސަރުކާރުން ހާމަކުރަމުންދާއިރު، ޅ ހިންނަވަރު ސިއްހީ މަރުކަޒުގެ އެމްބިއުލަންސް ހަލާކުވެފައި އޮތުމުން، ދަންޖެހިފައި ހުއްޓާ ފެނުނު މީހަކު ހޮސްޕިޓަލަށް ސައިކަލެއްގައި ގެންދަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ތޭރަ އޮންލައިން"އަށް ،މައުލޫމާތު ހިއްސާކުރި ހިންނަވަރު ރައްޔިތަކު ކިޔައިދިން ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނީ އެ ރަށު ހަރު އުމުރުފުރައިގެ އަންހެނެކެވެ. އެ އަންހެން މީހާ ދަން ޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ދަރިފުޅު ޑިއުޓީ ނިންމާ ގެއަށް އައި ވަގުތު ކަމަށާ އެހެންކަމުން އަވަހަށް ދަންޖެހިފައި ހުއްޓާ މޮހާލައިގެން ސިއްހީ މަރުކަޒަށް ގެންނަން އެމްބިއުލަންސަށް ގުޅުމުން އެމްބިއުލަންސް ހަލާކުވެފައި އޮތްކަމަށް އެންގި ކަމަށެވެ.

އެއާއެކު އެ އަންހެން މިހާގެ ދަރިފުޅު އެހެން މީހެއްގެ އެހީތެރިކަމުގައި ސައިކަލުގައި އޭނާގެ މަންމަ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާ ނަމަވެސް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ،މީހާގެ ހަށީގަނޑު އުނގޫފާރަށްވެސް ގެންދިޔަ ކަމަށް ވެއެވެ.

ނަމަވެސް މީހަކު ދަންޖެހި މަރުވިކަމުގެ މައުލޫމާތެއް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފައިނުވެއެވެ. އަދި އެކަމާ ގުޅިގެން ސުވާލުކުރުމުން އަދި ވަކި ޖަވާބެއްވެސް ދީފައިނުވެއެވެ.

ހިންނަވަރު ސިއްހީ މަރުކަޒުގައި އޮތް އެމްބިއުލަންސް ހަލާކުވެފައިވާއިރު، އެ ރަށަކީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްވެސް އެރަށަކަށް ނިސްބަތްވާ ރަށްކަން ފާހަގަކޮށްލެވެއެވެ. އަދި މި ސަރުކާރުން ސިއްހީ ނިޒާމު ރަގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ މެޑަލް ޖަހަމުންވެސް ދެއެވެ. ނަމަވެސް މެޑިކަލް ނެގްލިޖެންސެއް ގައުމުގައި ނާންނަ ދުވަހެއް މަދެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved