

އާސަންދަ މިއަދު އޮތީ ބަނގުރޫޓުވެފައި ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގައި އާސަންދަ ހުސްނުވާ އާސަންދައަށް ބަދަލުކޮށް ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭނެ ހާލަތަށް ޤައުމު ގެނެސްދެއްވާފައި ވާނެ ކަމަށެވެ.
ނަމަވެސް މިއަދު ސަރުކާރު ދަރަނިވެރިވެ، އާސަންދައަށް އިންވެސްޓް ކުރާނެ ފަދައެއް ނެތުތިފައިވާ މަންޒަރު ފެންނަ ކަމަށާ، އެންމެ އާދައިގެ ރައްޔިތު މީހާ ބޭސް ފަރުވާ ކުރާނެ ގޮތެއް ނެތި، ސަލާން ޖަހަންޖެހޭ ހާލަތަށް ވެއްޓިއްޖެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އާސަންދަ އަކީ އެންމެ ނިކަމެތި، ޒަރޫރަތު ނިޔާ ކުރާ ގޮތުން އެންމެ ބޮޑަށް ކަމަކަށް އެދިފައި ތިބޭއިރު އެމީހުން ގޮތް ހުސްވެފަ މިދަނީ ސަރުކާރަށް ބޭސް ބޭނުން ވެގެން ޑޮކްޓަރަށް ދައްކަން ބޭނުންވެގެން ފައިސާ ނެތިގެން އެޔައްވުރެން ހުތޫރައްތެރި ވަގުތެއް ރައްޔިރަކަށް އަންނާނެހޭ ؟
އާއިލާގެ މެންބަރެއް ބަލިވެ ބޭސް ފަރުވާއަށް ބޭނުން ވެފައި އޮންނަ ވަގުތަކީ ރައްޔިތު މީހާއަށް އެންމެ ހިތްދަތި ވަގުތު ކަމުގައި ވީއިރު، އެފަދަ ދަނޑިވަޅުގައި ބޭސްފަރުވާ ކުރެވޭނެ ފަދައެއް ނެތި ސަލާން ޖަހަން ޖެހުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގައި އާސަންދައަށް އިންވެސްޓް ކުރާނެ ފަދަ ކެޕޭސިޓީއެއް މިއަދު އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އެފަދަ ކެޕޭސިޓީއެއް އޮތް ނަމަ ރައްޔިތުން އިހެކޭ އެއްފަދައިން ބޭސް ފަރުވާ ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވަނީ މި ކަންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. ހަމައެކަނި ކުރައްވާ ކަމަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި ސިޔާސީ މަގާމު އިތުރުކޮށް ދައުލަތު ހުސް ކުރުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.