March 10, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. / ތޭރަ އޮންލައިން

ރާއްޖޭގެ ހުރިހާ ދާއިރާއެއް ދަނީ މިޒަރަބްލީ ފަހަތަށް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 13, 2025, 09:43 PM
މާލެ ސިޓީ

ރާއްޖޭގެ ހުރިހާ ދާއިރާއެއް ދަނީ މިޒަރަބްލީ ފަހަތަށް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފޮރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެ މިހާރު އޮތް ހާލަތުން ބުނާނަމަ ބުނެވޭނީ، ކުރިއަށް ދާ އެއްވެސް ދާއިރާއެއް ނެތް ކަމުގައެވެ.

ދާދި ފަހުން މާލެއާއި ހުޅުމާލެ ބޮލެކް އައުޓަކަށް ދިޔަ ހާދިސާ އަށް ބަލާނަމަ، މާލެ ހުޅުމާލެ ފަދަ ގިނަ ބައެއް ދިރިއުޅޭ ތަނެއްގައި ކަރަންޓު ކެޓުމުން ރައްޔިތުންގެ މުޅި ދިރިއުޅުން ހުއްޓޭނެ ކަމަށެވެ. ހަތަރުވަނަ ފްލޯއާއި ހަމައަށް ކަރަންޓު ނެތި ފެން ނުލިބޭއިރު ބޮޑެތި އުސް އިމާރާތް ތަކުގައި އުޅޭ ބޭފުޅުން އެވަގުތު ކޮޅުގައި ވަރަށް ގިނަ ތަކުލީފު ތަކެއް އުފުލަން ޖެހުނު ކަމަށެވެ.

މިތަންތަކުގައި މިއުޅެނީ ސްކައި ސްކްރިޕާސްގަ މިއުޅެނީ މަލްޓި ސްޓޯރީ ބިލްޑިންގް ތަކުގަމިއުޅެނީ އިނގޭތޯ 4 ވަނަފޮލޯއާއި ހަމައަށްކަރަންޓާއި ނުލައި ފެން އުފުލައި ނުދޭއިނގޭތޯ! ރާއްޖެ ތެރޭގެ ރައްރަށުގަ އުސް އިމާރާތް ނެތެކޭނޫންއާންމު ހާލަތް ތަކުގަ އެވަރު އިމާރަތް ތަކެއް ނޫން މިހުންނަނީ އެހެންވީމަ ނިސްބަތުން ތަކުލީފު އުފުލަން މިޖެހެނީ މިދެންނެވި ގޮތަށް ބޮޑެތި އުސް އިމާރާތް ތަކުގަ އުޅޭމީހުންނަށް ފެން ކޮޅެއް ނުލިބޭތީ! އަނދިރީގަ އުޅެވިދާނެ! ދުވާލުގެ އަލިކަން ހުރެއްޖެކަމަށް ވަންޏާ އަނދިރީގަ އުޅެވިދާނެ އެކަމަކު ފެން ނުލިބޭ ހިސާބަށް ދިޔައިމަ...

ރައީސް ޔާމީން

މާލޭ އޭރިޔާއިން ކަރަންޓު ކެނޑުމާއި ގުޅިގެން އާދައިގެ މަތިން ރައީސް މުއިއްޒު ފުލުހުންގެ ކޮމެޓިއެއް އެކުލަވާލާ އެމައްސަލަ ތަހުޤީގު ކުރަން ބުނެފައި ވީއިރު އަދި އަދާ ހަމައަށްވެސް އެ ތަހުގީގަށް ވީނުވީއެެއް ނޭގޭ އިރު އެންމެ ކުޑަމިނުން ކަރަންޓު ދިޔަ ސަބަބު އެކުންފުންޏަކަށް ބުނެނުދެވުނު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެސްއޯއީގެ ތެރެއިން އެއްވަނަ ކުންފުނީގެ ވާހަކަ ދެއްކީ މޮޅުކަމަކަށްވީމައެވެ. ވީއިރު މޮޅުކަމެއް ވެއްޖިއްޔާ އެވާހަކަ ދައްްކާއިރު މިމައްސަލާގައި މިއަދާހަމައަށްވެސް ވެގެން އުޅޭގޮތެއް ރައްޔިތުން ނަށް ސާފުނުކޮއްދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved