May 6, 2026
Advertisement
ބޯކޮށް ވާރޭވެހި މާލޭ މަގުމަތި ފެންބޮޑުވެފައި.
ބޯކޮށް ވާރޭވެހި މާލޭ މަގުމަތި ފެންބޮޑުވެފައި. / ދައުރު

މޫސުން ގޯސްކަމަށް މެޓު އޮފީހުން ހާމަކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jun 13, 2025, 07:53 PM

ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

މެޓް އޮފީހުން ބުނެފައި ވާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ހުޅަނގާއޮ ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ބާރުމިނުގައިވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް ގަދަވާނެ ކަމާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާ ދެމެދުގައިކަމަށްވެސް މެޓުން ލަފާ ކުރެއެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved