March 18, 2026
Advertisement
ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު
ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު / ފޭސްބުކް

ޝެއިހް ފަރީދުގެ މައްޗަށް ރާއްޖޭގައި ގައިބުގައި ކަށު ނަމާދުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jun 13, 2025, 09:41 PM

އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު މައްޗަށް ރާއްޖޭގައި ގައިބުގައި ކަށު ނަމާދުކޮށްފިއެވެ.

Advertisement

މިއަދުގެ ހުކުރު ނަމާދަށްފަހު ހުކުރު ކުރި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކަށު ނަމާދު ވަނީ ކޮށްފައެވެ.

މިދިޔަ ހޯމަދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް  އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ޝެއިހް ފަރީދުގެ މައްޗަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ ކަށު ނަމާދުކޮށްފައެވެ.

ޝެއިހް ފަރީދުގެ ޖަނާޒާ ބުދަ ވަނީ މެލޭޝިޔާގައި ބާއްވާފައެވެ. މި ޖަނާޒާގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ.

ޝެއިހް ފަރީދު އަވަހާރަވުމާ އެކު އޭނާ އިސްކޮށް ހުންނަވައިގެން ހިންގަވާ ހިދުމަތް ޖަމިއްޔާއިން ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި މިސްކިތެއް ހުޅުވަންވަނީ ނިންމާފައެވެ.

އަދި އެ މިސްކިތް އެޅުމަށް ބޭނުންވާ ވަރަށް ފައިސާވެސް ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އާންމުންގެ އެހީގައި  އެއްކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved