March 18, 2026
Advertisement
މާލެ-ކޮލަމްބޯ ޓިކެޓް އެންމެ 165 ޑޮލަރަށް
މާލެ-ކޮލަމްބޯ ޓިކެޓް އެންމެ 165 ޑޮލަރަށް / މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަން އޮތީ ބޮޑުތަނުން ދަރަނި ވެރިވެފައި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 15, 2025, 02:28 AM
މާލެ ސިޓީ

އޭވިއޭޝަނަށް 2.8 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އެކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. މި ރިޕޯޓު ތަކުން ހާމަ ވާގޮތުގައި، އެ ކުންފުންޏަށް ލިބެންހުރި އަދަދަށްވުރެ ދައްކަންޖެހޭ ދަރަނި ބޮޑެވެ.

Advertisement

ނިމިދިޔަ 2024 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް އޮފީހުން އިން އައިލެންޑް އޭޭވިއޭޝަން އެ މާލީ ހިސާބު އާންމު ކޮއްފައި ވީއިރު، އެއަހަރު އެކުންފުންޏަށް ވަނީ 2.8 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. މިއީ އައިލެންޑް އޭވިއޭޝަނަށް ވިދިވިދިގެން ގެއްލުންވި 5 ވަނަ އަހަރެވެ.

އެކުންފުނީގެ ވިޔަފާރިން ލިބެން ހުރި ފައިސާއަށްވުރެ އެހެން ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަަދު ބޮޑު ކަމަށް އެ ރިޕޯޓުން ހާމަވެއެވެ. އެޔާއި އެކު އެހެން ކުންފުނިތަކުން އައިލެންޓްއޭވިއޭޝަނަށް ލިބެންޖެހޭ ފައިސާގެ އަދަދަކީ، 758.8 މިލިއަން ރުފިޔާކަމަށާއި އަދި އެކުންފުނިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ އަދަދު 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ކަމުގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއެވެ.

އައިލެންޑް އޭވިއޭޝަނަށް އެންމެގިނައިން ފައިސާ ދައްކަންޖެހެނީ އާސަންދަ ކުންފުންޏެވެ. އާސަންދަ ކުންފުނިން ދަތުރުތައްކޮށް އައިލެންޑް އޭވިއޭޝަނަށް 149 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮތްއިރު، ރައީސް އޮފީހާއި، ފުލުހުންނާއި، އެމްއެންޑީއެފުންވެސް އެކުންފުންޏަށް ދައްކަންޖެހޭ ފައިސާ މިލިއަނުން ގުނާލެވޭނެ އެވެެ.

އައިލެންޑް އޭވިއޭޝަނަށް 2019 ވަނަ އަހަރު 93 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި ވެއެވެ. ނަމަވެސް އޭގެފަހުން އެކުންފުންޏަށް ފައިދާއެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved