March 18, 2026
Advertisement
މަލީހު ޗެނަލް13 އަށް އިންޓަވިއު ދެއްވަނީ
މަލީހު ޗެނަލް13 އަށް އިންޓަވިއު ދެއްވަނީ / ތޭރަ އޮންލައިން

ޔޫތު ސިޓީގައި ބޭއްވި ބާބަކިއު ފަރިއްކޮޅަކީ ޕީއެންއެފްގެ އަތޮޅު ތެރެއާއި މާލެއިން ބޭރުގެ ހަރަކާތްތަކުގެ ފެށުން: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Jun 14, 2025, 11:33 PM

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު ހުޅުމާލެ ޔޫތު ސިޓީގައި ބޭއްވި ބާބަކިއު ފަރިއްކޮޅަކީ ޕީޕަލްސް ނޭޝަނަލް ފްރަންޓު ޕީއެންއެފްގެ އަތޮޅު ތެރެއާއި މާލެއިން ބޭރުގެ ހަރަކާތްތަކުގެ ފެށުންކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެ ހަރަކާތް ކުރިއަށްދިޔަ ގަޑީ ޗެނަލް 13 އަށް ދިން ހާއްސަ ބަސްދީގަތުމެއްގެ ތެރެއިންނެވެ.

ސިޔާސީ ހުރިހާ ބޭފުޅުން ތިއްބެވީ ފިއްލަވާކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގައިކަމާއި މިއަދު ރައްޔިތުންގެ ހައްގުގައި ހަމައެކަނި މަސައްކަތް ކުރައްވާ ލީޑަރަކީ ރައީސް ޔާމީން އެކަނިކަމަށް މަލިހު ވިދާޅުވިއެވެ.

ގައުމީ ކަންކަމުގައި އަޑު އުފުލަން ވީ. އަޅުގަނޑުމެންގެ ޕާޓީން ހަފްތާ އަކު 2 ފަހަރު ޖަލްސާ ބާއްވަން. ޖަލްސާއަށް ވަޑައިގެންނެވޭ ބޭފުޅުން ޖަލްސާއަށްވެސް ވަޑައިގަންނަވަން ވީ. މިއީ މާލެ ތެރެއިންނާއި އަތޮޅު ތެރޭގެ އެކްޓިވިޓީސްގެ ފެށުން.

މަލީހް

އެ އިވެންޓަކީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ރައްޔިތުންތަކެއް އިންތިޒާމުކޮށްގެން ހިންގި ހަރަކާތެއްކަމަށް މަލީހު ފާހަގަ ކުރެއްވި އެވެ.

އަދި ހަމަ އެފަދައިން ރައީސް ޔާމީނަށް ތާއިދު ކުރައްވާ ބޭފުޅުން އެފަދަ ހަރަކާތްތައް އިންތިޒާމު ކުރުމަށްފަހު ރައީސް ޔާމީނަށް ދައުވަތު އެރުވުމުން އެ ރަށަކަށް ނުވަތަ ތަނަކަށް ދާނެ ވާހަކަވެސް މަލީހު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved