March 9, 2026
Advertisement
މޯލްޑިވިއަން ގެ ބޯޓެއް
މޯލްޑިވިއަން ގެ ބޯޓެއް / މޯލްޑިވިއަން

ވައި ބާރުކަމުން ކުޅުދުއްފުށީ އެއާޕޯޓަށް ނުޖެއްސިގެން މޯލްޑިވިއަންގެ ބޯޓެއް އެނބުރި މާލެއަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 15, 2025, 06:09 PM
މާލެ ސިޓީ

ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް، އެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސި އެނބުރި މާލެ އަތުވެއްޖެއެވެ.

Advertisement

މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގަ އެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް އެ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހުނެވެ.

އޭޓީއާރު 72-600 މަރުކާގެ އެ ބޯޓު އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު އެވެ. ވައިގެމަގުން މާލެއިން ކުޅުދުއްފުޓަށް އާންމުކޮށް ދެވެނީ 40-45 މިނެޓުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިވަގުތު ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު މިއަދު ހަވީދު 04:00އާ ހަމައަށް ދަމަހައްޓާފައި ވާއިރު، މި ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ވައިގަދަވާނެކަމަށް ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ވައިޖެހޭނީ އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved