April 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މިސަރުކާރަށް އެންމެ އުނދަގޫވާ އެއްކަމަކީ މިސަރުކާރު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 15, 2025, 09:01 PM
މާލެ ސިޓީ

މިސަރުކާރަށް އެންމެ އުނދަގޫ ވާ އެއް ކަމަކީ މިސަރުކާރު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފް ފޮރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ނޫސްވެރިން އަދި ރައްޔިތުން، މިސަރުކާރު ހިނގަމުން ދާ ގޮތާއި އަދި ސަރުކާރުގެ އިހުމާލުތަކާއި މެދު ސުވާލު އުފެެއްދި ނަމަވެސް އެ ސުވާލު ތަކަށް މި ސަރުކާރުން ޖަވާބުދާރީ ނުވާ ކަމުގައިއެވެ.

ޤާނޫނުގައި ބުނެފައިވާ އުސޫލުގެ ދަށުން މައުލޫމާތު ސާފު ކުރުމަށް އެދެވެން އޮތީ އިންފޮމޭޝަން ކޮމިޝަނަށް ކަމުގައި ވީއިރު، މިހާރު މި ދިވެހިރާއްޖޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއްވެސް ނެތް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިންފޮމޭޝަން ކޮމިޝަނުގެ އޮފީސް ބާވެ މީހުންއުޅެވޭނެ ހާލަތައްވުރެ ތަނުގެ ހާލަތު ގޯސް ވެފައި ވީއިރު އިތުރު އޮފީހެއް ސަރުކާރުން އެ ކޮމިޝަނަށް ނުދިނުމާއި ގުޅިގެން 20 މެއި 2025 އިން ފެށިގެން އެކޮމިޝަނުގެ މަސައްކަތް ކުރިޔާތް ދަނީ އޮންލައިން ކޮށެވެ.

އެކަމަކު މުއިއްޒު ކެމްޕެއިން ތެރޭ ދެއްތޯ ބުނީ، ތިމަންނަ ނޯންނާނެއޭ ނޫސްވެރިންނަކަށް ފޮރުވަންޖެހޭ އެއްޗެއް! އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނުގައި ހިނގަން އޮންނަ މަގު ވަސީލަތް ސަރުކާރުން މައުލޫމާތު ނުދީފި ކަމުގަ ވަންޏާ ދެން ދާން އޮންނަނީ އިންފޮމޭޓަން ކޮމިޝަނަަށް އޭގެ ކުރިޔަކުންނެއް އެމަރުހަލާ ކަޑައްތު ނުކޮށެއް ޝަރީއަތަކަށްވެސް ނުދެވޭނެ!

ރައީސް ޔާމީން

އިންފޮމޭޝަން ކޮމިޝަނަށް، އޮފީހެއް ހަމަނުޖައްސަނީ، ސަރަުކާރުން ޖަވާބުދާރީ ވާން ބޭނުން ނުވާތީ އެކަމަށް ރައްޔިތުން ނަށް މަގުފައި ވެދާނެތީ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ގްރީން ބިލްޑިން އަންދާލީ އަންދާލަން ޖެހިގެން ގަސްތުގައި ކަންތައްތަކެއް ސިއްރުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ގްރީންބިލްޑިން އަށްފަހު ހައުސިން މިނިސްޓްރީގެ މަސްކަތް ކުރަން ދަރުބާރުގެއަށް ބަދަލުވެފައި ވާއިރު، އެތަން ވެސް ވެފައި މިވަނީ ކަތުރު ފަނި އަޅާފައިވާ ތަނަކަށެވެ.

ބެލެވޭ ގޮތުގައި މި ސަރުކާރުގެ މަޤުސަދަކީ ރައްޔިތުން ނަށް އެތައްކަމެއް އޮޅުވާލައި، ނުދެވިގެން އުޅޭ ފްލެޓް ގެ މައްސަލަވެސް ބޭނުން ގޮތަކަށް ނިންމާލަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved