March 19, 2026
Advertisement
އުއްތަމަ ފަނޑިޔާރު މުއުތަސިމް
އުއްތަމަ ފަނޑިޔާރު މުއުތަސިމް / އަވަސް.އެމްވީ

ރިޓަޔާމަންޓް ބެނެފިޓްގެ ގޮތުގައި އުއްތަމަ ފަނޑިޔާރަށް ބައިލައްކަ ރުފިޔާ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 15, 2025, 09:02 PM
މާލެ ސިޓީ

އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން އިތުރު އެލަވަންސްތަކެއް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެއެވެ.

Advertisement

ޖޭއެސްސީން ވަނީ އުއްތަމަފަނޑިޔާރު ރިޓަޔާކުރެއްވުމުން ލިވިން އެލަވަންސާއި އަދި ދަތުރުފަތުރުގެ އެލަވަންސްގެ އިތުރުން ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ހަމަޖައްސަން އެދިފައެވެ. ރިޓަޔާކުރައްވާއިރު ފަނޑިޔާރުކަން ކުރެއްވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ޚިދުމަތްކުރެއްވި މުއްދަތް ގުނަން ޖޭއެސްސީ އިން އެދިފައި ވެއެވެ.

ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައި ވަނީ ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާ ދިނުމަށެވެ.

އުއްތަމަފަނޑިޔާރު ރިޓަޔާކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު ހުއްޓިފައި ވަނިކޮށެވެ. ހުސްނުއްސުއޫދު ފަހުން އިސްތިއުފާދެއްވި ނަމަވެސް އަނެއް ދެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ބޭތިއްބުމަށް ފަހު ވަނީ މަގާމުން ވަކިކޮށްފައެވެ.

ޖޭއެސްސީ އިން ފޮނުވާފައިވާ ސިޓީގައިވާގޮތުގައި، މިހާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު، ފަނޑިޔާރުކަމުގައި ހޭދަކޮށްފައިވަނީ، ނުވަ އަހަރާއި ހަ މަހާއި 11 ދުވަހެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ 24 އަހަރާއި ހަތަރު މަހާއި 18 ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved