March 18, 2026
Advertisement
ރާއްޖޭ އާއި ބަންގްލަދޭޝް ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗުގެ ތެރެއިން
ރާއްޖޭ އާއި ބަންގްލަދޭޝް ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗުގެ ތެރެއިން / މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން

ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލް

Hussain Nawaf
ހުސައިން ނަވާފް
Jun 16, 2025, 06:46 PM

ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑެލް ހޯދައިފިއެވެ.

Advertisement

މިއަދު މެންދުރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ބަނގްލަދޭޝް ބަލިކުރީ 86-22 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭން 23 ޕޮއިންޓް ހޯދި އިރު ބަންގްލަދޭޝްއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ދެވަނަ ކުއާޓާގައި ރާއްޖެއަށް 38 ޕޮއިންޓް ލިބުނުއިރު ބަނގްލަދޭޝްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.



ތިންވަނަ ކުއާޓާގައި ރާއްޖެއިން 56 ޕޮއިންޓް ހޯދިއިރު ބަނގްލަދޭޝްއަށް ލިބުނީ 9 ޕޮއިންޓެވެ.



ހަތަރުވަނަ ކުއާޓާ ނިންމާލީ 88-22 ޕޮއިންޓުންނެވެ.

ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 30 ޕޮއިންޓް ހޯދައިދިން މަރިޔަމް ކައިލީން ޝިރުހާންއެވެ.

ފީބާ 16 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ފިރިހެން ޑިވިޝަނުގައި ރާއްޖެ އަތުން ހޯދި މޮޅާއެކު ބަންގްލަދޭޝަށް މުބާރާތުގެ ލޯ މެޑަލް ލިބުނު ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved