March 22, 2026
Advertisement
އޮފިޝަލުން ވިދާޅުވި ގޮތުގައި އިންދްރަޔާނީ ކޯރުގެ މައްޗަށް އަޅާފައިވާ ބުރިޖް ވެއްޓުނީ ޕޫނޭގެ ކުންޑްމަލާ ސަރަހައްދުން.
އޮފިޝަލުން ވިދާޅުވި ގޮތުގައި އިންދްރަޔާނީ ކޯރުގެ މައްޗަށް އަޅާފައިވާ ބުރިޖް ވެއްޓުނީ ޕޫނޭގެ ކުންޑްމަލާ ސަރަހައްދުން. / އިންޑިއަން އެކްސްޕްރެސް

އިންޑިއާގައި ބްރިޖެއް ވެއްޓި ދެ މީހަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 16, 2025, 06:02 PM
މާލެ ސިޓީ

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ މަޝްހޫރު ޓޫރިސްޓް ސައިޓެއްގެ ކޯރެއްގެ މައްޗަށް ބްރިޖެއް ވެއްޓި ދެ މީހަކު މަރުވެ 32 މީހަކަށް އަނިޔާވެއްޖެ އެވެ.

Advertisement

އިއްޔެ މެންދުރު ފަހު 3:30 ހާއިރު ބުރިޖް ވެއްޓުނު އިރު ގިނަ އަދަދެއްގެ ބަޔަކު ބުރިޖު ހުރަސްކުރަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނަވީސް ވިދާޅުވީ އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށާއި ރިލީފް މަސައްކަތްތައް ވަރަށް ވަރުގަދައަށް ފަށާފައިވާ ކަމަށެވެ.

ބްރިޖް ވެއްޓުނު ސަރަހައްދަކީ ޕިކްނިކް ދާ މީހުންގެ މެދުގައި މަގުބޫލު ތަނެކެވެ. މި ހާދިސާ ހިނގި ވަގުތު މޫސުން ވެސް ވަކި ގޯސް ނޫން ކަމަށް ވެސް ނިއުސް އެޖެންސީން ތަކުން ވަނީ ރިޕޯޓްކޮށްފައި އެވެ.

މި ބްރިޖް ވެއްޓުނު ސީދާ ސަބަބެއް މިހާތަނަށް ސާފުނުވި ނަމަވެސް، އިންޑިއާ އަކީ ބްރިޖް ވެއްޓުމުގެ ހާދިސާ ތަކުގެ ރެކޯޓް އޮތް ގައުމެކެވެ. އެވެރެޖްކޮށް މަހަކު އެއް ފަހަރު އިންޑިއާގެ ކޮންމެ ވެސް ސަރަހައްދަކުން މިފަދަ ހާދިސާތައް ރިޕޯޓް ކުރެ އެވެ.

އިންޑިއާ އަކީ އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު، ގިނަ ބްރިޖްތަކެއް ބިނާކޮށްފައިވާ ގައުމެކެވެ. އެ ދުވަސްވަރު މިފަދަ ބްރިޖެއް އިންޑިއާގައި ބިނާކުރުމުން، މިފަދަ ބްރިޖް ވެފައިވަނީ އިންޑިއާ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ސަރަހައްދަކަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved