March 13, 2026
Advertisement
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް / ސޯޝަލް މީޑިއާ

ސިނަމާލެ ބްރިޖަކީ ދިވެހިީންގެ ދިރިއުޅުމާއި އިގްތިސޯދު ބަދަލުކޮށްލި ވަރުގަދަ މަސައްކަތެއް: ޗައިނާ ސަފީރު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 16, 2025, 08:14 PM
މާލެ ސިޓީ

ސިނަމާލެ ބްރިޖް ވެފައި ވަނީ ދިވެހިންގެ ދިރިއުޅުމާ އިގްތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ބްރިޖެއްކަށް ކަމުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

Advertisement

ސަފީރު ކޮންގް ޒިއަންހުއާ އެހެން ވިދާޅުވީ ސިނަމާލެ ބުރިޖު އިފްތިތާހުކުރި ދުވަސްކަމުގައިވާ އޮގަސްޓް މަހުގެ 30 ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


މިކަމާއި ގުޅިގެން ސަފީރު ކޮންގް ކުރެއްވި ޕޯސްޓެއްގައި ފާހަގަކޮއްފައި ވަނީ، ސިނަމާލެ ބްރިޖަކީ ޗައިނާއާއި ރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ބްރިޖެއްކަމެވެ. އަދި މީގެއިތުރުން މި ބްރިޖުން ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށް ސަފީރު ކޮންގް ވިދާޅުވިއެވެ.

އިންޖިނިއަރުން ހަމައެކަނި ހަދަނީ ޕްރޮޖެކްޓްސް އެކަނި ނޫން ކަމަށާއި އިންޖިނިއަރުންނަކީ މީހުންގެ ދިރިއުޅުމަށާއި މުޖްތަމައަށް ކުރިއެރުން ގެނެސްދޭ ބައެއް ކަމުގައި ސަފީރު ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެ މީހުންނަށް އިއްޒަތާއި ގަދަރު ލިބެން ޖެހޭނެ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖެ މިހާތަނަށް ދެކެފައި ވާ އެންމެ ވަރުގަދަ އިންޖިނިއަރިން ޕްރޮޖެކްޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved