March 18, 2026
Advertisement
މޫސުމަށް ސަމާލުވާ މެޓުން ވަނީ އެދިފަ
މޫސުމަށް ސަމާލުވާ މެޓުން ވަނީ އެދިފަ / ޕޮލިސް

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jun 16, 2025, 08:13 PM

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން އިލްތިމާސްކޮށްފިއެވެ.

Advertisement

މެޓު އޮފީހުން ހާމަ ކުރާ ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

ކަނޑުތައް ގަދަވާނެ ކަމާއި ރާޅުތަކުގެ އުސްމިން ހުންނާނީ 4 ފޫޓާއި 5 ފޫޓާއި ދޭތެރޭގައިކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

އަދި އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުންވަނީ އެދިފައެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved