April 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދިވެހިރާއްޖެ ހަލާކު ކުރަނީ މަޤާމުތަކަށް އަންނަ މީހުން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 16, 2025, 10:04 PM
މާލެ ސިޓީ

ދިވެހިރާއްޖެ ހަލާކުކުރަނީ ރައްޔިތުން ނޫން ކަމަށާއި ރާއްޖެ ހަލާކު ކުރަނީ ގައުމުގެ އިސް މަޤާމުތަކަށް އަންނަ ސިޔާސީ ނުފޫޒު ހުންނަ މީހުން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާާޅުވެއްޖެއެެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަފުޅު ދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަކީ ރަނގަޅު ސަރުކާރެއް އޮވެ މަގު ދައްކައިދީ އެބޭފުޅުންގެ ބޭނުން ފުއްދައި ދޭނަމަ ޝުކުރުވެރި ކަމާއި އެކީ މަސައްކަތް ކުރާނެ ބައެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން މިއަދު ހަލަބޮލިވެގެން އުޅެނީ ރައްޔިތުންނާއި މެދު ސަރުކާރުން އިހުމާލު ވާތީ ކަމުގައެވެ. ރައްޔިތުންނަށް މިއަދު އެންމެ ދަތިވެފައި ވާކަމަކީ ބޯހިޔާވަހިކަން ކަމުގައި ވީއިރު އެކަންތައްތަކަށް ވެސް ސަރުކާރުން ހަދަނީ ހިތުހުރި ގޮތަކަށް ކަމުގައެވެ.

ދިވެހިރާއްޖެ ހަލާކު ކުރަނީ ސިޔާސީ ނުފޫޒު ހުންނަ މީހުން ފައިސާގެންގުޅޭ މީހުން މިތަން ހަލާކު ކުރަނީ! އާންމު ރައްޔިތުންނެއް ނޫނޭއާންމު ރައްޔިތުން ނަކީ ރަނގަޅު ސަރުކާރެއް އޮވެ މަގު ދައްކާ ދީފި ކަމަށް ވަންޏާ އެމީހުންގެ ބޭނުންތައް ފުދޭ ކަމަށް ވަންޏާ ވަރަށް ޝުކުރުވެރިކަމާއި އެކީ މަސައްކަތް ކުރާ ބައެކޭ!

ރައީސް ޔާމީން

ރައްޔިތުންގެ ފައިސާ އާއި ރައްޔިތުންގެ ބިންތަކަށް ބޭނުން ހާގޮތެއް ހަދާލުމަށްފަހު އަރިހުގައި އުޅޭ ބޭފުޅުން އުފަލުގައި އުޅުއްވާއިރު ރައްޔިތުންގެ ހާލާއި މެދު ސަރުކާރުން ނުވިސްނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved