March 20, 2026
Advertisement
މަޖިލިސް ތަޅުން
މަޖިލިސް ތަޅުން / -

ކައުންސިލަރުން މަދުކުރުމާއި ބަޖެޓު ކުޑަކުރުމާއި ބެހޭ ގަރާރެއް ހުށަހަޅައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 16, 2025, 10:01 PM
މާލެ ސިޓީ

ކައުންސިލަރުން މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅައިފިއެވެ.

Advertisement

މިގަރާރުގައި ފާހަގަ ކޮށްފައިވާ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލްތަކަށް ކުރާ ބޮޑު ހޭދައާއި އަޅާ ކިޔާއިރު ނަތީޖާއެއް ނުނިކުންނަ ވާހަކަ އެވެ.

ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރަމުން ދާއިރު މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ އެބޭފުޅާ ސުވާލު އުފައްދާފައި ވެއެވެ.

ލާމަރުކަޒީ ނިޒާމުގައި މިހާރު ހިނގަމުން ދަނީ ހާލަތާއި ނުބައްދަލު އެތައް ބިލިޔަން ރުފިޔާއެއް ހޭދަވާ ނިޒާމެއް ކަމުގައި ބުނެފައި ވެއެވެ.

އެގަރާރުގައި ބުނެފައި ވާގޮތުން އެންމެ ފަންސާސް މީހުންގެ އާބާދީއަށް ވެސް، މުނިސިޕަލް ހިދުމަތް ދިނުމަށް، އިންތިހާބުކޮށް ދައުލަތުން، މުސާރަ ދޭންޖެހޭ ކަމަށެވެ.

މިފަދަ ގަރާރެއް ޕީއެންސީން ހުށަހެޅި އިރު، ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ކައުންސިލްތަކުން ބޭކާރު ވަރަށް ގިނަ ހަރަދުތައް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ދަނީ ތުހުމަތު ކުރައްވަމުން ނެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ކައުންސިލްތަކެއްގެ ފާޑުކިޔުންތައް މި ސަރުކާރަށް އަމާޒުވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved