theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލު ވަނީ ރައީސް މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވީ އުއްތަމަ ފަނޑިޔާރުގެ އެހީތެރިކަމާ އެކުކަމަށް ތުހުމަތުކުރައްވާފައި. / ސޯޝަލް މީޑިއާ
ސިޔާސީ
މުއުތަސިމްއަށް ދޭ ޕެކޭޖުން ހާމަވަނީ ޖުޑީޝިއަރީއަށް އެޓޭކުކުރީ އޭނާގެ ބައިވެރިވުން އޮވެގެންކަން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
16 ޖޫން 2025
މާލެ ސިޓީ

އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރެއްވުމުން ދޭން ޖެހޭ އިނާޔަތް ބޮޑުކުރަން ލަފާދިން ދިނުމުން ހާމަވެގެން ދަނީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ޖުޑީޝިއަރީގެ އެންމެ މަތީ ކޯޓު، ސުޕްރީމު ކޯޓަށް ފޮނުވި ހަމަލާއަކީ މުއުތަސިމްގެ ބައިވެރިވުމާ އެކު ދިން ހަމަލާއެއް ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ގަނޑުކޮށް ބައި މިލިއަން ރުފިޔާ އަދި މަހަކު އެލަވަންސްގެ ގޮތުގައި 70،000 ރުފިޔާ ލިބޭނެހެން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނި އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި ޑރ ޖަމީލު ވިދާޅުވީ، މިއަދު ޙަގީގަތް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން މިދަނީ ސުޕްރީމް ކޯޓަށް ރައީސް މުއިއްޒު، ޙަމަލާ ދިނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުޢްތަސިމުގެ ފުރިހަމަ އެއްބާރުލުމާ އެކީގައިކަން ހާމަވެއްޖެ ކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މިކަމުގައި އެ ދައުރު އަދާކުރީ ކީއްވެކަން މިޕެކޭޖުން އޮތީ ފެންނަން ކަމަށެވެ.

އިންސާފުގެ ގޮނޑީގައި އިށީދެ ތިބެވެސް އަމިއްލަ މަންފައަށް ނޫން ކަމެއް ނުވިސްނޭ ބޭފުޅުންނަށް ރައްޔިތުންނަށް ހޯދައި ދެވޭނެ އަދުލުވެރިކަމެއް ނޯންނާނެ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ. އަދި މިއީ މިހާތަނަށް ފެނުނު އެންމެ ވިޔާނުދާ އެއް ޢަމަލު ކަމަށާ ރައްޔިތުން ނިކަމެތި ޙާލުގައި އުޅެނިކޮށް، މިފަދަ ޕެކޭޖެއްގެ ދަހިވެތި ކަމުގައި ސަރުކާރާއިއެކު ޑީލް ހަދައި ޖުޑިޝަރީގެ މިނިވަންކަން ‘ވިއްކާލި’ މީހެއްގެ ގޮތުގައި މުޢުތަސިމްގެ ނަން ތާރީޚުގައި ލިޔެވޭނެ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލުގެ ޕޯސްޓު ނިންމަވާ ލައްވަމުްނ ވިދާޅުވެފައިވަނީ ދެން އަންނަ ދިވެހިންގެ ރާއްޖޭގެ ވެރިކަމެއްގައި މިފަދަ ޕެކޭޖްތައް މުރާޖަޢާކޮށް ކޮރަޕްޓް ޑީލްތައް ބާތިލް ކުރެވޭނެ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ވިދާޅުވީ އެފަދަ ގަވާއިދާ ޚިލާފުކަންކަން ކޮށްފައި ތިބި ބަޔަކަށް ގާނޫނު އަރާ ހަމަކުރުވާނެ ވާހަކައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved