February 21, 2026
Advertisement
އިޒްރޭލުން އީރާން ޓީވީއަށް ހަމަލާދިނުން
އިޒްރޭލުން އީރާން ޓީވީއަށް ހަމަލާދިނުން / ތޭރަ އޮންލައިން

އިރާން ދައުލަތުގެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އިޒްރޭލުން ހަމާދީފި

Jun 17, 2025, 03:08 AM
މާލެ ސިޓީ

އިރާން ދައުލަތުގެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އިޒްރޭލުން ހަމާދީފިއެވެ.

Advertisement

އިރާންގެ ދައުލަތުގެ ޓީވީ ޗެނަލް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިން (އައިއާރްއައިބީ) ޓީވީ ޗެނެލް ހުންނަ އިމާރާތަށް އިޒްރޭލުން ހަމަލާދިން އިރު އިރާންގެ މަޝްހޫރު ޕްރެޒެންޓަރު، ސަހަރު އެނާމީ އިނީ ލައިވްގައެވެ. ހަމަލާ ދިން ވަގުތު ސްޓޫޑިއޯގެ ސީލިންގެ ބައިތައް ފައިބައިގަންނަ މަންޒަރު ވެސް ލައިވް ޓީވީން ފެނގެން ދިޔައެވެ.

އައިއާރްއައިބީ ހިންގާ އިމާރާތަކީ ހަތަރު ބުރީގެ އިމާރާތެކެވެ. އައިއާރްއައިބީ ހިންގަނީ އެ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ. އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 200 އާއި 300 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރާ ކަމަށް އިރާންގެ އެކި މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރެއެވެ.

އިޒްރާއީލުން ބޮންއެޅުމާ ގުޅިގެން ސްޓޫޑިއޯ ގުޑުންއަރައި ތަނުގެ ސީލިންގް ބައެއް ވެއްޓުމުގެ އިތުރުން މުޅި ސްޓޫޑިއޯއިން ވަނީ ކަރަންޓްގޮސްފައެވެ. މިކަމާ ގުޅިގެން އީރާނު ސަރުކާރުން އަދި ވަކިއެއްޗެކޭ ބުނެފައެއް ނުވެއެވެ.

އިޒްރާއީލުން ބުނެފައިވަނީ އީރާނަށް ހަމަލާދެނީ އެޤައުމުގެ ދިފާއީ މަރުކަޒުތަކުގެ ތެރެއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ތަންތަނަށް ކަމަށެވެ. ނަމަވެސް އީރާނުން މިހާތަނަށް ދިން ގިނަ ހަމަލާތައް އަމާޒުވެފައިވަނީ، އާއްމުން ދިރިއުޅޭ ތަންތަނާއި އޮފީސް އިމާރާތްތައްކަމަށް އީރާނުން ބުނެއެވެ.

އިޒްރޭލުން ދިން ހަމަލާއަށް ފަހު ޓީވީ ސްޓޭޝަންގެ ބައިތައް އަނދަމުން ދިޔަ ނަމަވެސް އެ ޓީވީއިން ވަނީ އަލުން އޮންއެއަރ ފަށާފައެވެ. އަދި ހަނގުރާމައިގެ އަދާހަމަތައް ދަނީ ގެނެސްދެމުންނެވެ.

މިފަދަ ހަމަލާއެއް އިޒްރޭލުން އީރާނަށް އަމާޒުކޮށްފައިވަނީ އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގައި އުޅޭ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އީރާނުން ކުއްލި ގޮތަކަށް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު އީރާންގެ ވެރިރަށް ތެހްރާންގެ ބޮޑު ސަރަހައްދަކުން މީހުން ހުސް ކުރަން އިޒްރޭލުން ވަނީ އަންގާފައެވެ. އެ އިންޒާރަށް ފަހު، އިޒްރޭލުން މިހާރު އެ ސަރަހައްދުތަކަށް ބޮން އަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved