theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިހާރު ގިނަ ރިސޯޓް ތަކުން ސާވިސްޗާޖު ދެނީ ރުފިޔާއިން / ފޭސްބުކް
ހަބަރު
ސަރުކާރުގެ ޑޮލަރު ސިޔާސަތު ދެކޮޅުނުޖެހި ރިސޯޓް މުވައްޒަފުންނަށް ސާވިސް ޗާޖު ރުފިޔާ އިން ދޭން ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 ޖޫން 2025
މާލެ ސިޓީ

ފާއިތުވި އަހަރު އެމްއެމްއޭއިން އަމަލުކުރަމުން އައި ގަވާއިދުތަކަށް ސަރުކާރުން ގެނައި ބޮޑު ބަދަލާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނަސް ވިޔަފާރިވެރިން އުޅެނީ ޑޮލަރު ނުލިބި ޓީޓީ ނުހެއްދިގެން ނެވެ.

ޑޮލަރުގެ އާ ބަދަލާއިއެކު ޑޮލަރުގެ އަދު ތިރިވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޑޮލަރު ބާޒާރުގައި ލިބެން ހުރީ 20 ރިފިޔާ އަށެވެ. މި ކަމުގެ ދަތި އަސާސީ ބޭނުނަށް ޑޮލަރު ހޯދާ ރައްޔިތުން ނަށް އެ އަންނަނީ ފޯރަމުން ނެވެ.

މިހެން މިކަން ހުއްޓާ މިހާރު އިވެންފެށި އަޑަކީ ކުރިން ވެސް ލަފާ ކުރި ގޮތައް ރިސޯޓްތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހުމުން އެކަމުގެ އުދަގޫ ރިސޯޓްތަކަށް ކޮށް އޭގެ ގެއްލުން މުވައްޒަފުން ނަށް ކުރަން ފެށި ހަބަރެވެ.

މިހާރު ބައެއް ރިސޯޓްތަކުން ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދުގެ ސަބަބުން، ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ނިންމައިފަ އެވެ.

އެފަދަ އެއް ކުންފުންނަކީ ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް އެވެ. އެ ރިސޯޓްސް އިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނަނީ، މި އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން ދިމާވި ދަތިތަކާ އެކު، މުވައްޒަފުންނަށް އަސަރު ނުކުރާނެ ގޮތަކަށް އަމަލުކުރި ކަމަށެވެ.

އެކަމަކު، މި ބަދަލު ނުގެނެސް، ރިސޯޓުތަކުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން މިހާރު ދަތިވެފައިވާ ކަމަށް އެ ސާކިއުލާގައި އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، އަންނަ މަހުން ފެށިގެން، ޔުނިވާސަލް ރިސޯޓްސްގައި ސާވިސް ޗާޖު ލިބޭ ހުރިހާ މުވައްޒަފުންގެ ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

ދިވެހި ރުފިޔާ އެކައުންޓު ނެތް މުވައްޒަފުންނަށް، ރުފިޔާގެ އެކައުންޓެއް ހުޅުވުމުގައި ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން އެހީތެރިވެދޭނެ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.

ޑޮލަރުގެ އަގު ރޮކެޓު ސްޕީޑުގައި އަރަމުންދާއިރު، ރަސްމީ މާލީ ބާޒާރުން ޑޮލަރު ލިބުން އިހުނަށްވުރެ މިހާރު ވަނީ ތާށިވެފައި އެވެ. ނަތީޖާއަކީ ޑޮލަރުގެ ކަޅު ބާޒާރުގައި 20.00 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރައިގެންދިއުމެވެ. ހުރިހާ ގެއްލުމެއް ދިވެހި ރައްޔިތުންނަށެވެ

ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދަށް ގިނަ ރިސޯޓް އޯނަރުން ވެސް ދެކޮޅެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.

"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved