March 20, 2026
Advertisement
ކ. އަތޮޅުން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި
ކ. އަތޮޅުން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި / ޕޮލިސް

އުތުރު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާކަމަށް މެޓުން ހާމަ ކުރުން

Hussain Nawaf
ހުސައިން ނަވާފް
Jun 17, 2025, 09:01 PM

އުތުރު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް އިން ހާމަކޮށްފި އެވެ.

Advertisement

ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް މެޓުން ލަފާ ކުރެ އެވެ.

އެއިދާރާއިން ހާމަކުރި ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

އެގޮތުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމާއި ރާޅުތަކުގެ އުސްމިން 3 ފޫޓާއި 6 ފޫޓަށް އަރާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފަ އެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުންވަނީ މީގެ ކުރިންވެސް އެދިފަ އެވެ.



ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved