March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އަޅުގަޑަށް ﷲގެ ރަހުމަތުން ދެން ވެސް ފުރުސަތު ލިބިއްޖެ ނަމަ ހަމަ އެންމެ އިސްކަމަކަށް ވާނީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 17, 2025, 09:56 PM
މާލެ ސިޓީ

ﷲގެ ރަހުމަތުން ދެން ފުރުސަތު ލިބުނަސް އެންމެ އިސްކަމެއް ދޭނީ ހަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަ މުންނެވެ.

ދިވެހި ރައްޔިތުންނަށް މިވަގުުތު ދިމާވެފައި ވާ އެންމެ ދަތި އަދި ރައްޔިތުން މިއަދާހަމައަށް ވެސް އެންމެ ބޮޑަށް އެދެމުން ދާ އެއްކަމަކީ ބޯހިޔާވަހިކަން ކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެންނަށް ދިމާވެފައި ވާ އެންމެ ބޮޑު ކަމަކީ ހަމަ ބޯހިޔާވަހިކަން އިނގޭތޯ! އަޅުގަނޑުމެންނަށް ﷲގެ ރަހުމަތާއިގެން ފުރުސަތު ލިބިއްޖިއްޔާ ދެންވެސް އަޅުގަނޑުމެންގެ އެންމެ އިސް މަޝްރޫއަކަށް ވެގެން ދާނީ ބޯހިޔާވަހިކަން. އެއީ ދިވެހި ރައްޔިތުން ބޭނުންވާކަމަކީ!

ރައީސް ޔާމީން

އެމްޑީޕީ ސަރުކާރުންނާއި މި ސަރުކާރުން ބޭނުން ވާ ބަޔަކަށް ހުޅުމާލެއިން ބަހާ ފޮތި ފޮތި ކުރަމުން އެދަނީ ދައްޔިތުން ގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދުމަށް ހިއްކައިފައި ވާ ބިން ކަމަގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މިގައުމުގައި އޮތީ ސިޔާސީ ވާދަވެރި ކަން ކަމަށާއި ވެރީންގެ މަގުސަދަކީ ރައްޔިރުންގެ ހައްގުގައި ކަންތައް ތަކެއް ކޮއްދިނުން ނޫން ކަމަށް ރަޢިސް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމަށް އައި ދެ ފަހަރުވެސް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމުގެ ބަދަލުގައި ރައްޔިތުންގެ ބިމާއި ރައްޔިތުންގެ މުދާ ވިއްކާލީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved