theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުރީ ނެގި ގާޑަށް ބޮލި އަރާ އުސޫލުންތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުރީ ނެގި ގާޑަށް ބޮލި އަރާ އުސޫލުންތަ؟
17 ޖޫން 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރޮމޯޝަނަށް ފައިސާ ދީގެން ނޫސްތަކުގައި ކޮންމެފަދަ ސުރުހީ އެއްވެސް ޖެހިދާނެއެވެ. އަދި ރައްޔިތުންގެ ބޭސް ފަރުވާއަށް ހުރި ފައިސާކޮޅުން އެންސްޕާއިން ދަންނަވައިގެން ހޯއްދެވި ފައިސާއިން އުފެއްދި މީޑިއާ އިން ކޮންމެ ފަދަ ދޮގެއް ވެސް ހަބަރެއްގެ ސިފައިގައި ފެތުރިދާނެއެވެ. ނަމަވެސް މިއަދުގެ ސިޔާސީ ހަގީގަތަކީ ޑރ. މުއިއްޒުގެ ޕްރޮމޯޝަނަށް މީޑިއާތައް ބޭނުންކޮށްގެން ޖަހާ ހާ ސުރުހީ އަކީ އަދި ލިޔާހާ ހަބަރަކީ ރައްޔިތުން ގަބޫލު ކުރާނެ ވާހަކަތަކެއް ނޫންކަމެވެ. އެއަށް ވުރެއް ރައްޔިތުން ފިސާރި ހޭވެރިކަން ވެއްޖެއެވެ.

މިއަދުގެ ސިޔާސީ ހަގީގަތުގެ އެއް ވާހަކަ މި ރިޕޯޓުގައި ފައިސަލާ ކޮށްލާނަމެވެ. ޑޮލަރެވެ. އެމެރިކާ ޑޮލަރެވެ. މުދާ އެތެރެކުރުމަށާއި ބޭރުކުރުމަށް ވެސް މުހިންމު ފައިސާ އެކެވެ. ހާއްސަކޮށް މުދާ އެތެރެ ކުރުމަށެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ އެމެރިކާ ޑޮލަރު ވަންނަ އެއް ގައުމެވެ. ރާއްޖޭގެ އިގްތިސޯދުގެ ތެރެއަށް އަހަރެއްގެ މައްޗަށް ހަތަރު ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ޓޫރިޒަމުން ވަދެ އެވެ. މި ހުރިހާ ހަގީގަތެއް މިހެން ހުރި ނަމަވެސް އާއްމު މީހަކު އަސާސީ ބޭނުމަކަށް ޑޮލަރެއް ބޭނުންވިޔަސް އުޅެން ޖެހެނީ ނުލިބިގެންނެވެ.

ރާއްޖޭގައި އެމެރިކާ ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގައެވެ.

ކަޅު ބާޒާރުން ޑޮލަރު ސާފުކޮށް އެމެރިކާ ޑޮލަރުގެ އަގު ތިރި ކުރުމަކީ ރައީސް ޑރ، މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އިންތިހާބު ދުވަސްކޮޅު ވިދާޅުވީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ސަރުކާރުން ބުނިތާ އެތައް މަހެ ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ ދުވަހަކަށް ވުރެ ދުވަހެއް މަތިވަމުންނެވެ.

ރައީސް އެ ވިދާޅުވާ ހާލަތު އަދި އުފަން ނުވެ އެވެ. ނަމަވެސް މުއިއްޒު ކޮންޓްރޯލް ކުރާ ނޫސް ތަކުގައި ރިޕޯޓް ކުރަނީ "ޑޮލަރު އަގު ތިރި ވެއްޖެ" އެވެ. އޮޅުވާލުމެވެ. މުއިއްޒުގެ ވެރިކަމުގެ ތޮބީއަތުގައި ހުރި ދޮގު ހެދުމުގެ ފަލްސަފާގެ ތެރެއިން ރައީސް އޮފީހުން ލިޔެ ނޫސްތަކަށް ފައިސާ ދީގެން ޖަހާ އާޓިކަލްތަކުން މިއަދު ސަރުކާރަށް މޮޅެއް ލިބޭނެ ކަމަށް ދެކުމަކީ ހިޔަންނަށް މުޑި ނެގުމެވެ. ސަރުކާރުން ނޫސްތަކަށް ފައިސާ ދީގެން އޮޅުވާ ލުމާ މަކަރު ހެދުން ނޫން ކަމެއް ޑޮލަރުގެ މައްސަލައިން ވެސް ސާފެވެ.

މިއަދު ވެސް ބާޒާރުގައި ޑޮލަރު އެހުރީ ރައްޔިތުން އަތްފޯރާ ވަރަށްވުރެ މަތީ ގައި އެވެ. ބޭސްފަރުވާ އަށް ބޭރަށް ދާން ކުރަން ޖެހޭ ހަރަދަށް ބޭނުންވާ ޑޮލަރާއި ދަރިންގެ މަތީ ތައުލީމަށް ހޯދަންޖެހޭ ޑޮލަރަށް ރައްޔިތުން ސަލާން ޖެހުން ނޫން ކަމެއް މިއަދު ވެސް ފެންނާކަން ނެތެވެ. ނާތަހުޒީބު ނާގާބިލު ވެރިއެއްގެ ސަބަބުން ގައުމު މިއޮތީ ދުވަހަކު ނުދާހާ ފަހަތަށް ޑޮލަރު މައްސަލައިގައި ވެސް ގޮސްފައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވި އަޑު އެހީމެވެ. ޑޮލަރު ފޮރުވައިގެން ތިބޭނަމަ ހުރި ޑޮލަރު ކޮޅުގެ އަގު ވެއްޓި އޭގެ ހަގީގީ ފައިދާ ނުލިބިދާނެ އެވެ. މީގެ އިތުރުން ސައީދު ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިންމަސް ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހު ވިދާޅުވެފައެވެ. އޭގެ ފަހުން އެއް އަަހރު ފާއިތުވެ ސަރުކާރަށް 2 އަހަރާ ގާތްވެފައިވާއިރުވެސް އަދިވެސް ރައީސް ބިދާޅުވި ފަދައިން ޑޮލަރުގެ އަގު ހުރީ ހިފަހެއްޓިފައެއް ނޫނެވެ. ޑޮލަރުގެ އަގޔުހުރީ އަރާ ބޮންތީގައެވެ. އެހުރީ ނުހިފެހެއްޓިއެވެ. ދަށަކަށް ނުދެއެވެ.

އެހެންކަމުން ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުރީ ނެގި ގާޑަށް ބޮލި އަރާ އުސޫލުން ބާއޭ ހިތަށް އަރައެވެ. އެހެންޏާ ފަހެއެވެ. އިން މީހާ ވަރިކޮށް ދެ ވަނަ ފަހަރު އިނީމަ މިހެން ބުނެ އުޅޭއިރު ޑޮލަރުގެ އަގުވެސް އެއް މަހު ކިރިޔާ ތިރިއަށް ޖެހިލައިފިއްޔާ އަނެއް ހަ މަހު މިދަނީ އަތް ނުފޯރާ ވަރަށް މައްޗަށެވެ. މަހުޖަނުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ "ބިދޭސީ ގޭންގް" ތަކުން ކޮންޓްރޯލްކުރާ ޑޮލަރުގެ ކަޅު ބާޒާރު ފުނޑާނުލެވުނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved