April 22, 2026
Advertisement
އިޒްރޭލުން ވެރިވެގެންފައިވާ ހައިފާގެ ޕޯޓުވެސް އަނދަނީ!
އިޒްރޭލުން ވެރިވެގެންފައިވާ ހައިފާގެ ޕޯޓުވެސް އަނދަނީ! / ސޯޝަލް މީޑިއާ

އިޒްރޭލުން ވެރިވެގެންފައިވާ ހައިފާގެ ޕޯޓުވެސް އަނދަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 18, 2025, 01:12 AM
މާލެ ސިޓީ

އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ އުތުރުގެ ހައިފާ ސިޓީގައި ގާއިމްކޮށްފައިވާ ހައިފާ ޕޯޓަށް އިރާގުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

Advertisement

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަ ގޮތުގައި، އިރާގުންވަނީ ބާރުގަދަ ގޮވާތަކެތީގެ އެތައް ހަމަލާއެއް ހައިފާގެ ޕޯޓަށް އަމާޒުކޮށް ފޮނުވާލާފައެވެ. އަދި އެ ހަމަލާތައް ޕޯޓުގެ އެކި ހިސާބުތަކަށް އަމާޒުވެ ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ.

ޒަޔަނިސްޓުންގެ މީޑީޔާއިން ހާމަކޮށްފައިވާ ގޮތުގައި، ހައިފާގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ވަނީ ބޮޑު އަލިފާން ގަނޑެއް ރޯވެ ބާރުގަދަ ގޮވުންތައް ގޮވަން ފަށާފައެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި މުޅި ސަރަހައްދު ވަނީ ބޯ ދުމުން ފުރިފައެވެ.

އިރާގުން ދަނީ އިޒްރޭލްގެ މިސައިލްތަކުން ދިފާއުވާ ނިޒާމް ފޫއަޅުވާލައި ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ހަމަލާތައް މެދުކެނޑުމެއް ނެތި އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved