March 26, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޖެމްކިއު ފަދަ ސްކީމްތަކަށް ޒުވާނުން ބަރޯސާ ވެވެނީ ވަޒީފާ ނެތުމުން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 18, 2025, 09:08 PM
މާލެ ސިޓީ

ޖެމްކިއު ފަދަ ސްކީމްތަކަށް ގިނަ ޒުވާނުން ތަކެއް ބަރޯސާ ވެވެނީ ދިވެހި ރާއްޖޭގައި މިވަގުތު ވަޒީފާގެ ދަތިކަން އޮތުމުން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ޕީއެންފެފް ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ކިތަންމެ ރަނގަޅު ސަނަދު ތަކެއް ހާސިލްކޮށްފައި ވީނަމަވެސް ރާއްޖޭގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތު ތައް ހަނި ކަމުގައި ފާހަގަކުރެ ވެއެވެ.

ދިރިއުޅުމުގެ ހަރަދު ބޮޑުވެފައިވާ މި ޒަމާނުގައި ޖެމްކިއު ފަދަ ސްކީމްތަކުގެ ޝިކާރައަކަށް ޒުވާނުން ވަމުންދަނީ އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތުމުން ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މަންމަ އުގުގައި އޮންނަ ފައްޓަރުބައި ވެސް ވިއްކާލައިފަ ކުރަން ބޭނުންވާ ކަމެއް ކުރާނެ. އެޔައް އެދަނީ ޒުވާނުންގެ މާޔޫސް ކަން އޮތީމަ ވަޒީފާ ލިބޭނެ ގޮތެއް ނެތި އެހެން ކަމެއް ކުރެވޭނެ ގޮތެއް ނެތި، ދި އޮންލީ އަލްޓަނޭޓިވް އަކީ، ބާކީ ދެން ކުރެވެން އޮތް ކަމަކީ މިއީ ކަމަށް ވާތީ އުންމީދު ތަކެއް އެޓޭޗް ކުރެވެނީ

ރައީސް ޔާމީން

ގިނައަދަދެއްގެ ޒުވާނުން މިފަދަ އަވައިގެ ޝިކާރައަކަށް ވަމުން ދަނީ ލިބޭ އާމްދަނީ އަށްވުރެ ލިވިންގް އެކްސްޕެންސް ބޮޑުވުމާއި ގުޅިގެން ކަމަށް އެމަނިކުފާނު ފާހަގަ ކޮށްފައި ވެއެވެ.

މިފަދަ ސްކީމްތަކާއި، ކަސީނޯގައި އެކުރާ ގެމްބަލް ކުރުމުގައި އޮންނަނީ ގާތް ގަޑަކަށް އެއް ޕްރިންސިޕަލް އެކް ކަމަށާއި މިކަންކަމަކީ ދީނުގައި މަނާ ކޮއްފައިވާ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

މިފަދަ މަގުތައް އިހުތިޔާރު ކުރަން ޖެހެނީ މީހުން ޑެސްޕަރޭޓަން އައް ގޮސް ލާރިލިބޭނެ ގޮތް ނެތިގެން ކަމުގައި ރައީސް ޔާމީން ވިދާޅު ވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved