theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީންއަށް އަނިޔާވެރިވާ ކޮންމެ މީހަކަށް ރިޓަޔަމެންޓް ނަމުގައި ޕެކޭޖެއް: ޑރ. ޖަމީލް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 ޖޫން 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންއަށް އަނިޔާވެރިވާ ކޮންމެ މީހަކަށް ރިޓަޔަމެންޓް ނަމުގައި ބޮޑު ޕެކޭޖެއް ހަމަޖައްސާ ކަމުގައި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލު ވަނީ، އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަހްމަދު މުއުތަސިމް އަދުނާނަށް ދާދި ފަހުން ރިޓަޔަމެންޓް ޕެކޭޖެއްގެ ގޮތުގައި ދަތުރު އެލެވެންސް، ލިވިން އެލެވެންސްގެ އިތުރުން މަހެއްގެ މައްޗަށް 70،000 ރުފިޔާ ދޭން ނިންމުމާއި ގުޅިގެން ފާޑު ވިދާޅުވެފައެވެ.

ޑރ ޖަމީލް ވިދާޅުވީ އުއްތަމަ ފަނޑިޔާރު މުއުތަސިމްއަކީ ރައީސް ޔާމީންގެ މައްސަލައިގައި ވަރަށް ދޯދިޔާކޮށް ކަންތައް ކުރައްވާފައިވާ ފަރާތެއް ކަމަށެވެ.

ސްޕްރީމް ކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލައާއި ގުޅިގެން ހައިކޯޓުގައި އޮތް އިސްތިއުނާފުގައި ތަޅުއަޅުވާއި އެތައް ފަހަރެއް މަތިން އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން ވެސް އެ މައްސަލަ ސްޕްރީމް ކޯޓުން އެތެރެ ވިޔަ ނުދީ ހިފެހެއްޓެވި ކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެހެންމެ ޑރ. ޖަމީލު ވިދާޅުވީ ޖުޑީޝަރީގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމުގައި ވީއިރު ޖުޑީޝަރީ ތެރޭގައި އޮތް މައްސަލައަކާއި ގުޅިގެން އެހެން ފަރާތަކަށް އާދޭސް ދަންނަވަން ދާން ނުޖެހޭނެ ކަމަށެވެ.

ޖުޑިޝަރީ ތެރޭގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރު، ޖުޑިޝަރީ ތެރޭގައި އޮތް މައްސަލަ އެއް ތާށިވެއްޖިއްޔާ އަޅުގަނަޑަކަށް ނުދެވޭނެ މާލޭގެ ފިހާރައެއް ކައިރިއަށް، އަޅުގަނޑަކަށް ނުދެވޭނެ ސަރުކާރުގެ އޮފީހަކަށް، އަޅުގަނޑަކަށް ނުދެ ވޭނެ އެހެން ދިމާލަކަށް، އަޅުގަނޑަކަށް ނުދެވޭނެ ރައްޔިތުންގެ މަޖިލީހަކަށް، އެކަމަށް ދާން ޖެހޭނީ އުއްތަމަ ފަނޑިޔާރަށް ކަން ރާއްޖޭގެ ސަބަބުވެރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ. ނުބެއްލެވީ އިނގޭތޯ އެކަމެއް ނުބެއްލެވީ!

- ޑރ ޖަމީލް

ނިހާއީ ހުކުމެއް ނާންނަނީސް މީހެއްގެ ހައްގައް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް ކަންތައްތަކެއް ނިންމައިގެން ނުވާނެ ކަމަށް މުއުތަސިމް ކުރިން ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައިވެސް އަދި އެމަނިކުފާނާއި ދޭތެރޭގައިވެސް އަމަލު ކުރަމުން ދަނީ ބޭއިންސާފުން ކަމަށާއި އަދި މިފަދައިން އަމަލު ކުރައްވާ ކޮންމެ ފަރާތަކަށް އެފަދަ ބޮޑެތި ޕެކޭޖު ހަމަޖައްސަމުން ދެއެވެ. އެގޮތުން ފަނޑިޔާރު ޝަކީލައްވެސް އެފަދަ ޕެކޭޖެއް ހަމަޖައްސައި ފައި ވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved