theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދެ ގައުމުގެ މުހިއްމު ސިޓީތައް ސުންނާފަތިވެފައިވޭ / ސީ.އެން.އެން
ދުނިޔެ
އީރާން-އިޒްރޭލު ހަނގުރާމަ، ދެ ގައުމުގެ މުހިއްމު ސިޓީތައް ސުންނާފަތިވެ ގިނަ އާންމުން މަރުވެފައިވޭ
Mariyam Isaadha
މަރިޔަމް އިސާދާ
19 ޖޫން 2025
މާލެ ސިޓީ

އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ދެ ގައުމުގެ މުހިއްމު ސިޓީތައް ސުންނާފަތިވެ، އެތައް އާންމުންނެއް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ހަމަލާތަކުގައި އީރާނުން ގާތްގަނޑަކަށް 224 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އިޒްރޭލުން މަރުވެފައިވަނީ 24 މީހުންނެވެ.

އިޒްރޭލުން ބުނާގޮތުން އެ ހަމަލާތައް ދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.

އިޒްރޭލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު ދުނިޔޭގެ ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ. އެގޮތުން، ތެލުގެ ބެންޗްމާކް ކަނޑައަޅާ ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓުގެ ތެލުގެ އަގު ވަނީ 10 އިންސައްތަ މަތިވެފައެވެ.

ތެލުގެ އަގަށް އަންނަ ބަދަލުން އެހެނިހެން ހުރިހާ ތަކެތީގެ އަގަށް ބަދަލު އަންނާނެއެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ހަވަނަ ދުވަހެވެ.

މި ހަނގުރާމައާ ގުޅިގެން އީރާނަށް ހަމަލާދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރުހުން ދިން ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނިންމަވާނީ އީރާނުން ނިއްކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ކުރަން ތައްޔާރުތޯ ބެއްލެވުމަށް ފަހު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved