theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީންް / ތޭރަ އޮންލައިން
ސިޔާސީ
ޗާގޯސް މައްސަލައިގައި ކަނޑު ގެއްލުނީއެއް ނޫން، ގެއްލުވާލީ: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 ޖޫން 2025
މާލެ ސިޓީ

ޗާގޯސް މައްސަލައިގައި ދިވެހިންނަށް ކަނޑު ގެއްލުނީ ނޫންކަމަށާ ސަރުކާރުން އެ ކަނޑު ގެއްލުވާލީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކަނޑަކީ ގެއްލުނު ކަނޑެއް ނޫން ކަމަށާއި އެއީ ގެއްލުވާލި ކަނޑެއް ކަމުގައި ބުނި ރައީސް މުހައްމަދު މުއިއްޒު މިކަމާއި ގުޅިގެން ކަނޑު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމުގައެވެ.

މިސަރުކާރުން ރައްޔިތުންގެ މަޖިލީސް ތެރެއިން މިމައްސަލާގައި އެއްވެސް ކަމައް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ނަމަވެސް މިމައްސަލާގައި އިހުތިޖާޖުކޮށް އިނގިރޭސިވިލާތަށް ސިޓީއެއް ފޮނުވި ކަމުގައި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެސިޓީގެ ވާނުވާ އެއް ނޭގޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގެއްލުވާލި ކަނޑޭ ވިދާޅުވެފަ ވާހަކަފުޅު ދެއްކެވީ މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގަ، އޭރު ރައްޔިތުންގެ މަޖިލީހެއްވެސް އޮތޭ އަހާވެސް ނުލައޭ އިނގޭތޯ، އެކަމަކު މިހާރު މިކުރިކަންތައް އިޓްލޮސް އިން ނިންމި ނިންމުމާއި ކަނޑު ހޯދަން މަސައްކަތެއް ކުރެވުނުހޭ ނުކުރެވޭހޭ އެކަމާއި ބެހޭގޮތުން މިސަރުކާރުން، މުއިއްޒު ސަރުކާރުން، ރައްޔިތުން މަޖިލީސް ތެރެއިން އެއްވެސް މަސައްކަތެއް ނުކުރޭ !

- ރައީސް ޔާމީން

ގެއްލުނު ކަަނޑުގެ މައްސަލާއިގައި ދިވެހިންގެ ތެރެއިން ކަމުވޮށިގެންވާ ފަރާތްތަކެއް ނުކުމެ ވަރުގަދަ މަސައްކަތް ތަކެއް ކުރާކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މިމައްސަލާގައި އެބޭފުޅުން ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރަށް ހުށަހެޅުމަށް ޓަކައި ޕެޓީޝަނެއް ގައި ސޮއި ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެެވެ.

އެމަނިކުފާނު ވިދާޅުވީ މި ޕެޓިޝަނަކީ ރާއްޖޭގައި ހުންނެވި އިންގިރޭސި ވިލާތު ސަފީރައް ފޮނުވަން ވީ އެއްޗެއް ނޫން ކަމަށާއި އެ ޕެޓިށަން ހުށައަޅަން ވީ ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާއަށް ކަމަށެވެ.

ދިވެހި ރައްޔިތުންގެ ހައްްޤުގައި ހަނު ނުހުރެވޭނެ ކަމަށާއި ކަނޑު ގެއްލުނު މައްސަލާގައި އެމަނިކުފާނު ފިޔަވަޅެއް އަޅަން ޖެހިލައްވާނެ ކަމަށާއި، ރައްޔިތުންގެ ކަނޑު ހޯދައި ދޭން ރައީސުލް ޖުމުހުރިއްޔާ ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ވަަން ޖެހޭނެ ކަމުގައި ބުނެ އެމަނިކުފާނަށް ސިޓީ އެއް ފޮނުވަން ފެންނަ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved