theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިރާންގެ ހަމަލާ އަމާޒުވި އިޒްރޭލު ހޮސްޕިޓަލެއް / ސޯޝަލް މީޑިއާ
ދުނިޔެ
ޣައްޒާގެ މުޅި ސިއްހީ ނިޒާމު ފުނޑާލި އިޒްރޭލުން، މިއަދު އިރާންއިން ހޮސްޕިޓަލުތަކަށް ހަމަލާދޭތީ ކުށްވެރިކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
20 ޖޫން 2025
މާލެ ސިޓީ

މެދު ކެނޑުމެއް ނެތި ޣައްޒާގެ ރައްޔިތުންގެ ބޭސް ފަރުވާއަށް ހުރަަސް އަޅާ އެ ސަރަހައްދުގެ ހޮސްޕިޓަލުތަކަށް ބޮން އަޅާ ސުންނާފަތި ކުރަމުންދާ ސަހްޔޫނީންގެ ހޮސްޕިޓަލުތަކަށް އިރާންއިން ހަމަލާދޭތީ އިޒްރޭލުން އެކަން ކުށްވެރިކޮށްފިއެވެ.

އީރާނުން އިސްރާއީލުގެ ހޮސްޕިޓާތަކަށާއި އާންމުން ދިރިއުޅޭ މަދަނީ ތަންތަނަށް ހަމަލާދީ، އާންމުން މަރަމުން ގެންދާކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއްކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސްއާ ހަވާލާދީ ދުނިޔޭގެ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އީރާނުން ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ޓެލްއަވީވުގައި ހުންނަ އިޒްރޭލުގެ ސްޓޮކްމާކެޓް އިމާރާތާއި އިސްރާއީލުގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ހުންނަ 50 ބުރީގެ އިމާރާތަކާއި ބިރް އައްސަބަޢުގައި ހުންނަ ޔަހޫދީ އަސްކަރިއްޔާގެ ޖާސޫސީ މައި މަރުކަޒު ސުންނާފަތިވެފައިވެއެވެ.

އީރާނުން ބުނެފައިވާ ގޮތުގައި މި ޖާސޫސީ މަރުކަޒު ފުނޑާލުމަށް އެ ގައުމުން ދިން ވަރުގަދަ ހަމަލާގައި އެތާނގެ ކައިރީގައި ހުންނަ އިޒްރޭލު ސިފައިންގެ އަސްކަރީ ހޮސްޕިޓަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި އެ ހޮސްޕިޓަލް ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން އެތައް ބަޔަކު ޒަޚަމްވިއެވެ. މި ތަންތަނަށް ލިބިފައިވާ ގެއްލުންތައް ބަލާލުމަށްފަހު އިޒްރޭލުގެ ހަރުކަށި އަދި އަނިޔާވެރި ޖައްބާރެއްކަމަށްވާ އިޒްރޭލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ވަނީ އީރާނުން ހަމަލާދެނީ އިޒްރޭލުގެ ހޮސްޕިޓަލްތަކާށާއި އާންމުން ދިރިއުޅޭ މަދަނީ ތަންތަނަށް ކަމަށް ބުނެ ވަރަށް ރުޅިއައިސްގެން ވާހަކަ ދައްކާފައެވެ.

އިސްހާގު ބުނިގޮތުގައި އީރާނުން އިޒްރޭލަށް ހަމަލާދީ އިސްރާއީލު މީހުން ޑަޒަންޑަޒަނަށް މަރަމުން ގެންދާއިރު ބައިނަލްއަގްވާމީ މުޖްތަމައު އޮންނަނީ ކުޅިބަލާށެވެ. އީރާން މައިތިރި ކުރަން އެއްވެސް ކަމެއް ނުކުރެއެވެ. މިމޭރުމުން ވާހަކަ ދައްކަމުން ކާޓްސްވަނީ ވަރަށް ރުޅިއައިސްގެން އީރާނަށާއި ބައިނަލްއަގްޥާމީ މުޖްތަމައަށް ބަހުގެ ހަމަލާތައް ދީފައެވެ.

އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ތެލްއަވީވަށާއި ބިރް އައްސަބަޢު ސިޓީއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އީރާނުގެ ސުޕަސޮނިކް މިސައިލްތައް މަތަކުރުމުގައި އިސްރާއީލުގެ ދިފާއީ ނިޒާމުތައް މުޅިން ފެއިލްވުމާއެކު އީރާނުގެ ބާރުގަދަ އެތައް މިސައިލަކުންވަނީ އިސްރާއީލުގެ ބައެއް އުސް އިމާރާތްތައް ބިމާހަމަކޮށްލާފައެވެ. އަނެއްބައި އިމާރާތްތައްވަނީ ދެން އެ ތަންތަނުގައި ދިރިނޫޅެވޭ ވަރަށް އެތަންތަން ފުނޑާލާފައެވެ.

އިރާނުން އިޒްރޭލުގެ ހޮސްޕިޓަލުތަކަށާ އަދި މަދަނީ މީހުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދާކަމަށް ބުނެ އިޒްރޭލުން ނުރުހުންފާޅުކޮށްފައިވާއިރު އިސްރާއީލުން ވަނީ ޣައްޒާގެ 30 ހޮސްޕިޓަލަށް އެތައް ފަހަރަކު ހަމަލާދީ އެތަންތަން ހަލާކުކޮށް ޑޮކްޓަރުންނާއި ނަރުހުންގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުގެ ސިފައިން އެއްގަމުން އެ ހޮސްޕިޓަލްތަކަށް އަރައިގަނެ ބަލިމީހުންގެ ގަޔަށް ބަޑިޖަހައި އެތަށް ސަތޭކަ ބަލިމީހުންނެއްވެސްވަނީ ޝަހީދުކޮށްލާފައެވެ.

މީގެއިތުރުން އިސްރާއީލުވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއަޅައި އިމާރާތްތައް އެއްކޮށް ބިމާހަމަކޮށްލައި ޣައްޒާގެ 60 ހާހަށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved