

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އޮޔާ ވަޔާއެކު ބެހިގެން ދާ ބޮނބިގަނޑެއްގެ ގޮތުގައި، ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ސިފަކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ އިތުބާރު މިހާރު ދިވެހިންނަށް ގެއްލިފައިވާ ކަމަށެވެ. ސަބަބުތައް ބައިވަރުކަން ފާހަގަކުރައްވާ ވައްޑެ ވިދާޅުވީ، ބަހާ އަމަލާ ދިމާނުވުމަކީ އޭގެ އެންމެ މައިގަނޑު ސަބަބުކަމަށެވެ.
ވައްޑެ ވިދާޅުވީ، ވެރިކަމަށް އައުުމުގައި ވެސް ގޯސްތަކެއް ހައްދަވައިގެންވަޑައިގެން ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ރިޓާން އޮފް އިންވެސްޓްމަންޓު ވެސް ނުލިބޭ ކަމަށެވެ.
މިއަދު ދިވެހި ރައްޔިތުންނަށް ވަނީ ފާޑެއްގެ މުސީބާތަކާ ކުރިމަތިވެފައިކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވާ ވައްޑެ ވަނީ އެކަމުން ސަލާމަތްވާން ރައްޔިތުންކަން ކުރަން ދޭން ވާ ފަރުވާ އަކީ ކޮބައިކަމާ މެދު ސުވާލު އުފައްދަވާފައެވެ.