March 20, 2026
Advertisement
ނަފްސާނީ ބަލިތަކަށް ހާއްސަ ޤައުމީ ހެލްޕް ލައިން އިފުތިތާޙް ކުރުމުގެ ތެރެއިން
ނަފްސާނީ ބަލިތަކަށް ހާއްސަ ޤައުމީ ހެލްޕް ލައިން އިފުތިތާޙް ކުރުމުގެ ތެރެއިން / ހެލްތު މިނިސްޓްރީ

ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ޚާއްޞަ ޤައުމީ ހެލްޕްލައިން އިފްތިތާޙްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Feb 22, 2024, 01:56 AM
މާލެ ސިޓީ

ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ޚާއްޞަ ޤައުމީ ހެލްޕްލައިން އިފްތިތާޙްކޮށްފި އެވެ.

Advertisement

މި ހެލްޕުލައިން އިފްތިތާޙްކޮށްދެއްވާފައި ވަނި މިކަމަށް ޚާއްޞަކޮށްގެން މިއަދު ސިއްހަތާއިބެހޭ ވުޒާރާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިއުއެވެ.

ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ޚާއްޞަ ޤައުމީ ހެލްޕްލައިންއަށް ގުޅޭނެ ނަމްބަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1677 އެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިއު ވާހަކަ ދައްކަވަމުން ވިދާޅުވީ، ނަފްސާނީ ބަލިތަކަށް އަވަހަށް ފަރުވާލިބިގެން ދިއުމަކީ އެފަދަ ބަލިތަކުން އަރައިގަތުމަށް ލިބެގެންދާނެ ވަރަށް ބޮޑުފުރުޞަތެއް ކަމަށާއި، ޖިސްމާނީގޮތުން ބަލިވުމުން ފަރުވާދޭ ފަދައިން ނަފުސާނީ ގޮތުން ބަލިވުމުންވެސް ފަރުވާދޭން ޖެހޭ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިއަދު މި އިފްތިތާޙްކުރެވުނު ހެލްޕް ލައިންގެ ސަބަބުން ނަފްސާނީ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަމަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved