April 26, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

އުއްތަމަފަނޑިޔާރު މުއުތަސިމްގެ ޕެކޭޖުގެ ފަހަތުގައި އެހެން ސިއްރެއް ވޭ: ޑރ ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 21, 2025, 07:32 PM
މާލެ ސިޓީ

އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު އަށް ސަރުކާރުން ދޭން ކަމަޑައަޅާފައިވާ ރިޓަޔަމެންޓް ޕެކޭޖުގެ ފަހަތުގައި އެހެން ސިއްރެއް ވާ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ

Advertisement

އެބޭފުޅާ މިހެން ބުނެފައި ވަނީ ޕީއެންެއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ޑރ ޖަމީލް ބުނެފައި ވަނީ އުއްތަމަފަނޑިޔާރު މުއުތަސިން އަށް ދޭން ކަނޑައަޅާފައި ވާ ޕެކޭޖަކީ ދާދިފަހުން ސުއޫދު، އަޒްމިރަލްޑާ އަދި މަހާޒު ގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު ގެ ނުފޫޒެއް ވާތީ އެކަމުގެ ރިވާޑް އެއްގެ ގޮތުގައި ރައީސް ޑރ މުހަންމަދު މުއިއްޒު ދެއްވާ ޕެކޭޖެއް ކަމަށެވެ.

ބައި މިލިޔަން ރުފިޔާ އާއި މުޅި ލައިފް ޓައިމްގަ ސެވަންޓީ ތައުޒަން މަހަކު ލިބޭގޮތަށާއި، އަދި އެހެނިހެން އެއްޗިއްސާއެކީގަ ހޯއްދަވާ މިއަދު އެއުޅުއްވާ އުޅުއްވުން ވަރައްސާފުކޮށް ރައްޔިތުންނަށް އެބައެނގޭ، ކޮންޑީލެއްކަން އެއީ އަޒްމިރަލްޑާއާއި މަހާޒު އާއި ސުއޫދު މިއެންމެން ބަލަމުންދިޔަ މައްސަލަ ނަގާއެއްލާ ލުމުގަ މުއުތަސިމުގެ ބައިވެރިވުން ލިބިގެން، ރުހިގެން އޭގެ ރިވާޑް އެއްގެ ގޮތުގަ މިދެނީ

ޑރ ޖަމީލް

އުއްތަމަފަަނޑިޔާރު މުއުތަސިމްއަކީ ނުފުދިގެން އުޅޭ ބޭފުޅެއް ނޫން ކަމަށާއި މާލޭގެ ބިންވެރިންގެ އިތުރުން މާލޭގަ ކަމުވޮށިގެން ވާ ބޭފުޅުން ކަމުގައި ވާއިރު ބައި މިލިޔަން ރުފިޔާ ހޯދަވަން އުލޫއްވާސަބަބު މިކަމުން ވަރަށް ސާފުކޯސް އެގިލައްވާ ކަމުގައި ޑރ ޖަމީލް ވިދާލުވެއްޖެ އެވެ.

މީގެ ކުރިން ރައީސް މުއިއްޒު، އަލީ ރަޝީދަށާއި ޝަކީލް އަދި ސަލީމަށް ވެސް ދީފައިވާ އެ ރިވާޑް މިހާރު މުއުތަސިމް އަށް ދޭން ނިންމާފަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved