April 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އުސޫލަކަށް ބަލާނަމަ ތިންބާރު ވަކިވެފައި އޮތުން އެއީ އައިޑިޔަލިޒަމް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 21, 2025, 08:36 PM
މާލެ ސިޓީ

އުސޫލަކަށް ބަލާނަމަ ތިންބާރު ވަކިވެފައި އޮތުން އެއީ އައިޑިޔަލިޒަމް އެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަން ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރަކީ ޑިމޮކްރަޓިކް ކޮމްނެ ޤައުމެއްގައިވެސް ވަކި ކޮށްފައި ވާ 3 ބާރެވެ. ވީއިރު އެމްޑީޕީގެ ނިމިދިޔަ 2 ވެރިކަމުގައިވެސް ޤާނޫނު އަސާސީގައި ކަނޑައަޅާފައި އެވާ ތިންބާރު އޮތީ މަސްހުނި ވެފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީ ގެ 2 ވެރިކަން ނިމިގެން ދިޔައިރުވެސް ހަމަބާރުތައް މަސްހުނި ކޮށްލާފަ އޮތީ އިންގޭތޯ! އަތަށް ބާރުތައް ކަހާލާފަ އޮތީ، މަޖިލީސް އޮތީ އެމީހުން އަތުގަ ކޯޓު ތައް އޮތީ އެމީހުން އަތުގަ، ކޯޓުތަކަށް އެމީހުން ލައްވާނެ ބަޔަކު ލެއްވީ..

ރައީސް ޔާމީން

ތިންބާރު ވަކި ކުރުމުގެ ސިޔާސަތުގައި އަޅުގަނަޑުމެންގެ ހިސްޓްރީ އޮތީ މާތާހިރު ކޮށް ނޫން ކަމަށާއި، އެއިރެއްގައި ވެރިކަން ހިންގަން ހުންނަ ފަރާތުން ބާރުތައް ވަކިކޮށް، ތިން ދާއިރާގައިވެސް ހުންނަވާ ފަރާތުން އެބައެއްގެ ގޮތްނިންމުމުގެ މިނިވަންކަން ދޭން ބޭނުން ނުވަނީ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އެއިރެއްގެ ވެރިއަކަށް ހުންނަ ފަރާތަކުން ބޭނުން ވަނީ ޝެހެންޝާ ވެފަ ހުރިހާ ބާރެއް އަމިއްލަ މުށު ތެރޭގައި ބާއްވަން ކަމަުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved