April 26, 2026
Advertisement
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ހަނގުރާމައިގެ އަސަރު ކޮށްފާނެ، ހެންޑްލް ކުރާނެ ގާބިލު ޓީމެއް ސަރުކާރުގައި ނެތް: ޑރ ޖަމީލު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 22, 2025, 10:54 PM
މާލެ ސިޓީ

ދުނިޔޭގައި ހިނގަމުންމިދާ އިރާގު-އިޒްރޭލު ހަނގުރާމައިގެ އަސަރު ދިވެހިރާއްޖެއަށް ކޮށްފާނެ ކަމަށާ އެކަމުގައި އޮތް އެންމެ ކަންބޮޑުވުމަކީ އެކަން ހައްލުކޮށް މެނޭޖު ކުރާނެ ގާބިލު ބަޔަކު ސަރުކާރުގައި ނެތްކަން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރުގެ އެކި އެކި ވަޒީރުންގެ ފެއިލިޔަރ ދައްކައިދޭ ސުރުހީތަކެއް ހިއްސާކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔެ، ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަންނައިރު އިގްތިސާދީ ގޮތުން ނުރައްކާތެރި ހާލަތަކާއި ކުރިމަތި ލާން ޖެހިދާނެ ކަމަށް ގަބޫލުކުރަން ވާނެ ކަމަށެވެ.

ރާއްޖޭގައި ދަރަނި މިހާ ބޮޑުވެފައި ވާއިރު، އާމްދަނީ އިތުރު ކުރެވޭނެ އެއްވެސް ކަހަލަ މަޝްރޫއެއް ޤައުމުގައި ނުހިގާ ކަމުގައި ވެސް މި ޕޯސްޓް ގައި ފާހަގަކުރައްވާ ޑރ ޖަީލު ވަނީ، ކޮވިޑްއަށް ފަހު ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާ އަޑި އަޅާފައި އޮތްއިރު، ރައްޔިތުން ވަނީ އިހުސާސުކުރަން ދަތި ތަދުމަޑު ކަމަކާއި ކުރިމަތި ލާފައި ކަންް ވެސް ފާހަގަކުރައްވާފައެވެ.

އެހެން ކަމުން އިރާނާއި ސަހްޔޫނީން އާއި ދެމެދު މިހާރު ހިނގަމުން މިދާ ހަމަނުޖެހުމުގެ އަސަަރު އިގްތިސޯދީ ގޮތުން ދިވެހިރާއްޖެ ކޮށްފާނެ ކަމާމެދު ތައްޔާރު ވާން ޖެހޭނެ ކަމަށް ޑރ ޖަމީލް ވިދާޅު ވެފައި ވެއެވެ.

މިކަމުގައި ޑރ ޖަމީލުގެ ކަންބޮޑުުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ރައީސް މުއިއްޒުގެ މިސަރުކާރުގައި މިފަދަ ހާލަތަކަށް ކުރިމަތި ލެވޭނެ ފަދަ ގާބިލު ޓީމެއް ނެތުމެވެ. ޑރ ޖަމީލު ވިދާޅުވެފައިވަނީ އެއީ މި ހާލަތުގައި ދިވެހިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved