April 26, 2026
Advertisement
ރައީސް ޔާމީންް
ރައީސް ޔާމީންް / ތޭރަ އޮންލައިން

ރައީސަކު އިންތިހާބު ކުރަނީ ރައްޔިތުން މިހާ ހާލުގައި އުޅޭކަށެއް ނޫން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 22, 2025, 10:47 PM
މާލެ ސިޓީ

ރައީސަކު އިންތިހާބު ކުރަނީ ރައްޔިތުން ހާލުގައި އުޅެން ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސްކަމަށް އިންތިހާބު ވުމާއިއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނު ވަޑައިގަތީ ރައްޔިތުންނަށް ކުރިމަތި ވެފައިވާ ހިއްދަތިކަމާއި ދަތިތަކުން ސަލާމަތް ކޮށްދޭން ކަމުގައެވެ. ނަމަވެސް މަންޒަރު ފެންނަމުން މިދަނީ މުޅިން ތަފާތުކޮށް ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ

ތިމަންނަމެން މިއަންނަނީ އިނގިރޭސި ބަހުން ދަންނަވާ ކަމުގައި ވަންޏާ ޑެލިވަރަންސް ހިފައިގެންނޭ އިންގޭތޯ، ފައިނަލް ސޮލިއުޝަން ހިފައިގެންނޭ، ކަލޭމެން ތިިދަތިކަމުން އަރައިގަންނާނެ ފޯމިއުލާއެއް ތިމަންނަ އަތުގަ އެބައޮތޭ، އެޔެއް ނޫންތޯ ދެއްކި ވާހަކަ ތަކަކީ؟ އެހެންވީމަ އެހިފައިގެން އަންނަ މީހަކު އައިސް ކުރިޔައްވުރެ ހާލު ގޯސްވީމަ، ޔޭސް އަޅުގަނޑުމެންގެ ރުޅިއައުމުގެ ހައްްޤު އެބައޮތް

ރައީސް ޔާމީން

ރައީސް މުއިއްޒު ވެރިކަމާ އިންތިހާބު ވެލެއްވުމާއި އެކީ ރައްޔިތުން ދައްކާފައި ވަނީ ފެހި ސިގުނަލެކެވެ. ބުނެފައި ވަނީ މޮޅެތި ވާހަކަތަކެެވެ. ރައްޔިތުންގެ ހައްގުގައި ޤައުމައް އެތަކެއް ހިދުމަތް ތަކެއް ކޮއްދޭނެ ކަމުގައެވެ. އަދި ހަމައެހެންމެ އެކަންތައްތައް ކުރެވޭނެ ހާ ފައިސާ ބައިތުއުމާލުގައި ހުރި ކަމަށެވެ.

ނަމަވެސް މިފަދައިން ރައްޔިތުން ކައިރީ ވާހަކަފުޅު ދައްކަވާފައި ރައްޔިތުން މިހާ ހާލުގައި ޖައްސާ މިހާ ދުއްތުރާ ޖެއްސީމާ ރައްޔިތުން ރުޅިއަންނަން ޖެހޭނެ ކަމުގައި ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ ރައްޔިތުން ރުޅިއަންނަނީ ކޮންމެހެން މީހާގެ ސިފައަކަށް ކުލައަކަށް ބަލައިފައި ނޫން ކަމަށެވެ. އަދި އެހެންމެ ދިމްޔާތު، މުއިއްޒުއަށް ވީތީ އެއްވެސް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ އަކަށް ވީތީ އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ރައީސް މުއިއްޒު ދެކެ ރުޅިއަންނަން ޖެހެނީ، ރައްޔިތުންނަށް ޑެލިވަރ ކުރަން ބުނެފައިވާ ޕްލެޖް ތަކާ ދިމާ އިދިކީލަ ކޮށް މަސައްކަތް ކުރާތީ ކަމަށާއި އަދި ބައިތުއުމާލުން ގެއްލިގެންދާ ފައިސާ ހޯދުމަށް މަސައްކަތް ނުކުރާތީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved