theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީންް / ތޭރަ އޮންލައިން
ސިޔާސީ
ފުލުހުންގެ މުވައްސަސާއަށް ސިޔާސީމީހުން ފާޑު ކިޔަން މިޖެހެނީ އެތަނުގައިވެސް ގޯސްތަކެއް ހުރީމަ: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
22 ޖޫން 2025
މާލެ ސިޓީ

ފުލުހުންގެ މުވައްސަސާއަށް ސިޔާސީމީހުން ފާޑުކިޔަން ޖެހެނީ މުއައްސަސާގައިވެސް ގޯސްތަކެއް ހުރުމުން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެތަނެއްގެ އަގު ދަމަހައްޓާނީ އެތަނެއްގެ އިސްވެރިން ކަމުގައެވެ. ރައްޔިތުން ގަބޫލު ނުކުރާނޭ ފެންވަރަކަށް އެ މުއައްސަސާގެ އަގު މިއަދު ވަނީ ވެއްޓިފައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ އަޅުގަނޑުމެން ދިފާއު ކުރާކަށް ނުޖެހޭ އެމީހުން އެމީހުންގެ ކެރެކްޓާ ދެއްކީމަ! އަޅުގަނަޑުމެންނަށް ވުރެން ބޮޑަށް އެމީހުން ދިފާއު ކުރާނެ ބަޔަކު ނުތިބޭނެ، އެކަމަކު އަންފޯޗުނަޓްލީ މިއަދު އިނގޭތޯ އެމީހުން އެތިބީ ހަމަ ރައްޔިތުން ގަބޫލު ނުކުރާމިންވަރަށް، އެމީހުންއެތިބީ އެމީހުން ގެ އަގު ވެއްޓިފަ ހަމައެތަނުގެ އިސް މީހުން ކަންތައް ހުރި ގޮތުން

- ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ އެތަނެއްގެ ކަރާމާތާއި އެތަނެއްގެ އަގު ދަމަހައްޓާނީ އެތަނެއްގައި އުޅޭ ބަޔަކު ކަމަށެވެ.

ސިޔާސީ މިހުން ފާޑު ކިޔަން ޖެހެނީ ރާއްޖޭގެ ހުރިހާ ކަމެއްހެން ގޯސްވެގެން ދާއިރު އެކަމުގައި ފުލުހުންގެ މުވައްސަސާވެސް އިސްތިސްނާ ނުވާތީ ކަމަށާއި ފާޑު ކިޔުއްވާއިރު އެންޓިކޮރޮޕްޝަނާއި އަދި ރައީސުލްޖުމްހޫރިއްޔާވެސް އިސްތިސްނާ ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންނަކީ ރައްޔިތުންގެ އާންމު ދިރިއުޅުމުގައިވެސް ބޭނުން ޖެހޭ ބަޔަކަށް ވީއިރު އެ މުއައްސަސާގެ ކަންތައްތަކާމެދު ހިންހަމަޖެހިވަޑައި ނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދާހަމައަށް އެމުއައްސަސާގައި އެތައް މައްސަަލައެއް އެންމެކުޑަމިނުން ފައިލްވެސް ހުޅުވާނުލައި ހުރި އިރު ރައްޔިތުން އިންސާފާއި އެހީތެރިކަމަށް އެންްމެ އުންމީދުކުރާ އެއް ބަޔަކީ އެމީހުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved