theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން "ސިޓިންރޫމުން" ނިކުމެލީމާ ސަރުކާރު އެތެރެ ތުރުތުރު އަޅަނީ! / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސް ޔާމީން "ސިޓިންރޫމުން" ނިކުމެލީމާ ސަރުކާރު އެތެރެ ތުރުތުރު އަޅަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖޫން 2025
މާލެ ސިޓީ

ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރެއަކީ ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ތަރައްގީގެ ބާނީ އާންމުންނާ ހަމައަށް މިފަހެއްގައިވެސް ވަޑައިގެންނެވި ރެއެވެ. ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުން ބޭއްވި ބާބަކިއުއަކަށް ލިބިވަޑަިއގެންނެވި ދައުވަތު ގަބޫލުފުޅު ކުރައްވާ ރައީސް ޔާމީން އެރޭ ޔޫތު ސިޓީއަށް ވަޑައިގަންނަވާ ވާހަކަ އިއުލާންކުރުމާ އެކު ސަރުކާރު ޕްރޮމޯޓު ކުރާ އެކި އެކި ފަރާތްތަކުން ބުނަންނ ފެށިއެވެ. 50 މީހުންވެސް ހަަމވިއްޔާ ރަގަޅެވެ.

ނަމަވެސް ކަންވީ ސަރުކާރުގެ ބޮޓުން ހީކުރި ގޮތާ ޚިލާފަށެވެ. ވާނީވެސް އެހެންތާއެވެ. ބަޔަކު ތަދުބީރު ކުރި ނަމަވެސް ތަގުދީރު ކުރައްވާ ފަރާތްތ އެއަށް ވުރެ ބާރުގަދައެވެ. ކޮންމެ އަކަސް ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ޔޫތު ސިޓީގެ ބާބަކިއު ސަރަހައްދަށް ވަޑައިގެން ތިއްބެވި ރައްޔިތުންގެ އަދަދު ފެނި ގިނަ ބަޔަކު އާޝޯޚުކުރުވިއެވެ. އަދިވެސް އެމަނިކުފާނަށް އޮތް ލޯތްވާ ތާއީދު ފެނި ސަރުކާރުގެ އެތެރޭގައިވެސް ވާހަކަތައް އިތުރުވިއެވެ. އިހުތިރާމަކީ ދީގެން ލިބޭ އެއްޗެއްކަން އެރޭ ފެނިގެން ދިޔައެވެ.

ކޮންމެ އަކަސް މި މަންޒަރު ފެނި ރައީސް މުހައްމަދު މުއިއްޒަށާ ސަރުކާރުގެ އެހެން އިސް ވެރިންނަށްވެސް ނުހަނު އަސަރުކުރި ކަމަށް ޖާސޫސީ ފަރާތްތަކުން ޚަބަރުދިނެވެ. އެއާއެކު ދެން ކަންވީގޮތް އޮޅުފިލުވަން ޔަގީނުން ވެސް ތިޔަ އެންމެ ބޭފުޅުންވެސް ބޭނުންވާނެކަން ޔަގީނެވެ. ޚުދު އަޅުގަޑުގެ ވެސް ޝައުގު އެކަމަށް ނުހަނު ބޮޑުވިއެވެ.

އެކަމުގެ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އުޅެނިކޮށް ޖެހިގެން އައި ހޯމަ ދުވަހުގެ ރޭ، އާދެ 16 ޖޫން 2025 ގައި ޕީއެންސީ ހަރުގެ ޖަލްސާއަށް ހިނި ހޮރަކުން ހިނިތަކެއް ނުކުތް ހެން ކުއްލިއަކަށް މީހުން ޖަމާވިއެވެ. އެހާ ހިސާބުން ވެސް ހިތާ ހިތާ ކިޔާލެވުނެވެ. "ދާލުމެ ކުޗްތޯ ކަލާ ހެއި"އެވެ. މިހެން ހިތާ ހުއްޓާ ރޭ ވަރަސް ބަލިކޮށް ގޭގައި އޮއްވާ އައި ފޯނު ކޯލެކެވެ. އަން ނޯން ނަމްބަރަކުން ގުޅިއިރު އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. ނަމެއް އެއްޗެއް ބުނެލުމެއް ނެތި ބުނެލީ ހަމަ އެކަނި މިހެންނެވެ. "މަރީ، ޕީއެންސީއިން އެންމެ ފަހުން ބޭއްވި ޖަލްސާއަށް އެހާ މީހުން އައި ގޮތް އެނގެން ބޭނުމިއްޔާ، މިރޭ 12 ޖަހާއިރު ބައްދަލުކުރޭ" އެވެ. އަޅުގަޑު އެމީހަކާ ބައްދަލުކުރަން ދާން ޖެހޭ ތަނެއް އޮޅުން ފިލުވުމަށްފަހު، އެތަނަށް ގަޑިން މެންދަމު ބަރާބަރު 12 ޖެހިއިުރ ދިޔައީމެވެ. ގަޑި ކީ ތަނުގައި އިރުކޮޅަކު ހުއްޓާ، މޫނު ބުރުގާ އަޅައިގެން ތިބި ދެ މީހަކު އައިސް ދިއްކޮލީ ސިޓި އުރައެކެވެ. އަޅުގަޑު އޭގައި ހިފުމާއެކު ދެން އެހެެން އެއްވެސް ބަހެއް ނުބުނެ އެ ދެމީހުން އެތަނުން ދިޔައެވެ. އެއީ އަންހެނުން ކަމެއް ފިރިހެނުން ކަމެއް ނޭނގެއެވެ. އެނގެނީ ތިބީ މޫނު ބުރުގާ އަޅައިގެން ކަމެވެ.

ކޮންމެ އަކަސް އެ މިސްޓީރިއަސް ސިޓީއުރަ ހިފައިގެން އަޅުގަޑު ގެއަށް އައިސް ބަލާލިއިރު އެ ސިޓީ އުރައިގައި އޮތީ 16 ޖޫން ގައި ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާއަށް މީހުން ގެންނަން ރައީސް އޮފީހުން ޕީއެންސީއިން ފޮނުވި ސިޔާސީ މީހުންގެ ލިސްޓެވެ. ލިސްޓު ފޮނުވާފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލުއަށެވެ. ލިސްޓުގައި 600 މީހުންގެ ނަން އޮތެވެ. ރައީސް އޮފީހުގެ އަމުރަކަށް ވެފައި އޮތީ ވަކި ވަކިން އެއިން ކޮންމެ މީހަކަށް ގުޅާ ޖަލްސާއަށް އައުމަށް "މަޖްބުރު" ކުރުވުމެވެ.

އެއާއެކު ޕީއެންސީގެ އިދާރީ މޭޒުތަކުން އެ މަސައްކަތް ފެށިއެވެ. ވަކި ވަކިން އެ 600 މީހުންނަށް ގުޅިއިރު، ސިދާ ފާޅުގައި އެ ޖަލްސާއަށް ދިއުމަށް 50-60 އާ ދެމެދުގެ އަދަދަކަށް މީހުން ދެކޮޅު ހެދިއެވެ. އަދި ކަރު ކެހެމުން ވަމުން ނުވަމުން ޖަލްސާއަށް ދެވޭނެ ކަމަށް ބުނީ 200 އެއް ހާ ސިޔާސީ މުވައްޒަފުންނެވެ. ބާކީ ތިބި ސިޔާސީ މުވައްޒަފުން ވެސް މާ ގަޔާނުވާ ޖަވާބުތަކެއް ދިނެވެ. މިއީ 16 ޖޫންގައި ޕީއެންސީ "މަގުމަތި" ފުރާލައިގެން ރައީސް މުއިއްޒަށް ތާއީދު އޮތްކަމަށް ދެއްކުމަށް ބޭއްވި ޖަލްސާގެ ފަރުދާގެ ފުރަގަހެވެ.

މި ނޫނަސް އެހެން ވާހަކައެކެވެ. މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރު ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝު ވަނީ ދާދި ފަހުން ސަރުކާރުގެ ސިޔާސީ ބައެއް މީހުންނާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ސަރުކާރު ކުންފުނިތަކުގެ އެމްޑީއިންނާ ސްޓޭޓު މިނިސްޓަރުންނާ ޑެޕިއުޓީ މިނިސްޓަރުންވެސް ބައިވެރިކުރިއެވެ. ބައްދަލުވުމުގައި ނަރީޝް ދެއްކެވި ވާހަކަތަކަށް ބަލާއިރު، ރައީސް މުއިއްޒުގެ މަގްބޫލުކަން ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީން ހާމަކުރައްވާ ހަގީގީ ވާހަކަތަކުގެ ސަބަބުން ގެއްލި ސަރުކާރު ދެމި އޮންނާނެ ކަމާ މެދުވެސް މިހާރު ޝައްކުވާތީ ޓީވީ ޕްރޮގްރާމުތަކެއް ފަށާ ރައީސް މުއިއްޒު ޕްރޮމޯޓުކުރަން މަސައްކަތް ފަށާންވީ ޔޯލައެވެ.

"މަޑިސީލަ" ކަހަލަ ޕްރޮގްރާމުތައް ފަށައިގެން ކުރިއަށް ގެންދަން ވެއްޖެ ކަމަށް ނަރީޝް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ބައްދަލުވުމަށް ވަޑައިގެންނެވި އެއްވެސް ސިޔާސީ ބޭފުލެއްގެ ތާއީދުއާ ތަރުހީބުވެސް އެކަމަށް ނުލިބުނެވެ. އެ ބޭފުޅުންގެ ބަހަކަށްވީ ދެން ވިއްކާނެ އެއްޗެއް ނެތެވެ. އަދި އަަހަރުމެން ގައިގައި މިހާރު ތި ހިތްވަރެއްވެސް ނެތެވެ. މިއެވެ.

ސަރުކާރުން މިކަން ދޮގު ކުރިއަސް މިއީ ރައީސް ޔާމީން 13 ޖޫންގައި ޔޫތު ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ތަރުހީބު ފެނި ސަރުކާރަށް އެރި ގުޑުމެވެ. ރައީސް ޔާމީން "ސިޓިންރޫމުން" ނިކުމެވަޑައިގެންނެވީ އެންމެ ފަހަރަކުއެވެ. އެއާއެކު މުޅި ސަރުކާރު މިއޮއްގެން ހުން އައިސް ތުރުތުރު އަޅާ ރަޖާ ލާ ނިންމަނީއެވެ.


ރައީސް ޔާމީން "ސިޓިންރޫމުން" ނިކުމެލީމާ ސަރުކާރު އެތެރެ ތުރުތުރު އަޅަނީތާއެވެ. މިއީ އަދި ކުޑަ މިންވަރެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved