March 21, 2026
Advertisement
މަޖިލިސް ތަޅުން
މަޖިލިސް ތަޅުން / -

ޕިރަމިޑް ސްކީމްއާއި ސްކޭމްތަކުގެ މައްސަލަ މަޖިލީހަށް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 23, 2025, 11:01 PM
މާލެ ސިޓީ

ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އެކިއެކި ޕްލެޓްފޯމްތަކާއި މިނޫންވެސް އެހެނިހެން ސްކޭމްގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބަލަން މިއަދު ނިންމައިފިއެވެ.

Advertisement

މިއަދު ބޭއްވި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިރުހާނެވެ. އޭނާ ހުށަހެޅުއްވީ ކަމާ ބެހޭ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރުކޮށް މައްސަލަ ހިނގާފައިވާ ގޮތް ބެލުމަށެވެ.

ޝަރީފްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފްއެވެ. މިއަދުގެ ކޮމިޓީން ވަނީ އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރުމަށް ފާސްކޮށްފަ އެވެ.

ސްކޭމްގެ މައްސަލަ މަޖިލީހުން ބަލަން ނިންމި އިރު، ބައިލައްކައެއްހާ ދިވެހިން އެތައް މިލިއަނެއް އިންވެސްޓް ކުރި، ޕިރަމިޑް ސްކީމް ޖީއެމްސީ ނުވަތަ ޖެމްކިޔު އިން ފައިސާ ނުނެގި އެ ސްކީމް އެންމެ ފަހުން ހުއްޓާލައިފަ އެވެ.

މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން ފުރަތަމަކޮޅު ފައިދާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތް ނަމަވެސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ.

ނަމަވެސް،ޕިރަމިޑް ސޭލްސް މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.

ޖީއެމްސީއީ ހުއްޓާލި އިރު، އެފަދަ އެތައް ޕިރަމިޑް ސްކީމެއް ރާއްޖޭގައި އެބަ ގެންގުޅެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved