

ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަންނަވާ އިރު ހަނިމާދޫ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިވަން ދުވަހާ ދިމާކޮށް ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެ އެއާޕޯޓު ހުޅުވަން ޝަރަފުވެރި މެހެމާނަކަށް ގެންނަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
އެ ގައުމުގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި)ގައިވާ ގޮތުން މޯދީއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތެއް، މިދިޔަ އަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވިއެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެެއްވި ތިންވަނަ ރަސްމީ ދަތުރުފުޅުގައި އެ ދައުވަތު ވަނީ ތަކުރާރުކުރައްވައިފައެވެ.
އެއާއެކު އެ ދައުވަތުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުމުގެ ފުރުސަތު އޮތް އެއް ތާރީޚަކީ އަންނަ މަހުގެ 26ވަނަ ދުވަސް ކަމަށް ޓީއޯއައިގައި ރިޕޯޓުކޮށްފައިވެއެވެ.
އެހެންކަމަށްވާނަމަ މިއީ، އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކީ ސިޔާސަތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ދައުރުގައި، މޯދީ ރާއްޖެ ވަޑައިގަންނަވާނެ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވަން ދިވހެިންގެ މިނިވަން ދުވަހު މޯދީ ގެންނައިރު އެއާޕޯޓުގެ ރަންވޭ ބޮޑޫކޮށް ރައީށް ސޯލިހުގެ ސަރުކާރުން މަސައްކަތް ފެށި ދިވެހިން ބޮލުގައި ބޮޑު ދަރަންޏެއް އަޅުވާފައެވެ. އެގޮތުން މިހާރުގެ އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓުގެ ރަންވޭ ބޮޑު އެއާޕޯޓު ރިނޮވޭޓު ކުރަން ކުރި ސަރުކާރުން ފެށިއިރު ދިވެހި ސިފައިންނަށްވުރެ އެތަނުގައި ގިނައީ ވެސް އިންޑިއާ ސިފައިންނެވެ. އެގޮތުން ދިވެހި ސިފައިންގެ 45 ސިފައިން އެތަނުގައި ތިބިއިރު އޭގެ ތިން ގުނަ އިންޑިއާ ސިފައިން ހަނިމާދޫގައި ތިބިކަމަށް ސައީދު އޭރު ތުހުމަތުކުރިއެވެ.
ހަނިމާދުއަށް ބޭނުން ނުވާވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 ބިލިއަން ޑޮލަރުގެ ދަރަންޏެއް އިންޑިއާއިން ދިވެހިން ބޮލުގައި އަޅުވާފައިވާ ކަމަށް އޭރު ސައީދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އޭރު ދުއްޕާނަކަށް ވެގެން އުޅުނު އިންޑިއާ އެ ބޭފުޅުންނަށް ކަމު ގޮސް ހަތުރުން މިތުރުންނަށް ވީ މަންޒަރެެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ޔޫ ކާންޓު ބުލީ އަސްއޭ ކިޔަމުން އިންޑިއާ ކުރިމަތީ ކުޑަކަކޫ ޖެހި މަންޒަރެވެ.
މޯދީ ރާއްޖެ އަންނަ މި ދަނޑިވަޅަކީ އިޒްރޭލު އިރާން ހަނގުރާމަ ފެށި އިންޑިއާއިން މުސްލިމުންނާ ދެކޮޅަށް އިޒްރޭލަށް ވާގިވެރިވަމުން ދާ ދުވަސްވަރެއްކަން ވެސް ފާހަގަކޮށްލެވެއެވެ.