March 18, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް

ސިނގިރޭޓު ބުއިން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް ސަރުކާރުން ފައިސާ ދެނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 24, 2025, 05:22 PM
މާލެ ސިޓީ

ރަށުގެ އާބާދީގެ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ނުކުރާ ނަމަ އެ ރަށެއްގެ އެންމެނަށް ފައިސާގެ އިނާޔަތެއް ދޭން ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Advertisement

އެ މަނިކުފާނު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ، ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަށް އާ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އޭގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށްދޭ ފައިސާއެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ފަހު އެއާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓަރުންނަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު، އޭގެ ތަފުސީލެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހަދަން ނިންމި އިރު، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved