theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އުމަރު ނަސީރު / ތޭރަ އޮންލައިން
ސިޔާސީ
ފާއިތުވީ ދޮގު ހެދުމުގެ 17 މަސް ދުވަސް: އުމަރު
Mariyam Isaadha
މަރިޔަމް އިސާދާ
24 ޖޫން 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފާއިތުވީ 17 މަސް ދުވަހަކީ ދޮގު ހެދުމުގައި ހޭދަކުރި 17 މަސް ދުވަސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ވެރިކަމުގެ މިވީ ދުވަސްތަކުގައި ކުރެވުނުހާ ވެސް ކަމަކީ ކަންކަމުގައި ރައްޔިތުންނަށް ހަގިގަތް އޮޅުވާލާ ދޮގުތަކެއް ހެދުން ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް އެންމެ ބޮޑަށް މި ސަރުކާރުން ހެދި ދޮގުތަކުގެ ތެރޭގައި އިންޑިއާ ސިފައިން މި ގައުމުން ބޭލުމާ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ހިމެނޭ އިރު އެ ދެކަމުންވެސް ސަރުކާރުން ބޭނުންވާ ނާޖާއިޒު ފައިދ ާނަގާ ފަހުން އެކަން ވެސް އޮޅުވާލީ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ބޭރުކުރަން އައިސް މި ސަރުކާރުން މިހާރު ތިބީ އިންޑިއާގެ އުނގަށް ދުވަހަކުވެސް ދިވެހި ސަރުކާރަކުން ނުވެއްޓޭ މިންވަރަށް ވެއްޓިފައި ކަމަށެވެ.

އަޅުގަނޑު ދެޚޭ ގޮތުގައި ރައްޔިތުން އުއްމީދު ކުރި ވަރާ ގާތަށްވެސް އެއްވެސް ކަމެއް ނުވި. ވަކިން ޚާއްސަކޮށް ވޭތުވެދިޔަ 17 މަސް ދުވަސް ފާހަގަވެފައިވަނީ ދޮގު ހެދުމުގެ 17 މަސް ދުވަހުގެ ގޮތުގައި. އެންމެ ފުރަތަމަ ހެއްދެވި ދޮގަކީ ނުވަތަ އެ ވައުދާ ޚިލާފުވި ޚިލާފުވުމަކީ އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ފޮނުވާލުން. ޔާމީނަށް ހެދީ ކިހިނެއްތޯ ޔާމީނުގެ ބުރައްކަޓަށް ޖެހީ ވަޅި ދެއްތޯ. ދެން މީގެ އިތުރުން ބިއްލޫރި ޓަނަލްގެ ވާހަކައާ އައްޑޫ ބުރިޖާ އެކި ކަންކޮޅުތަކުގައި އަޅާނެ ކަމަށް ބުނި އެއާޕޯޓުތަކާ މިހެން ގޮސް ދޮގުތައް ހަމަ ހުސް ހުރީ.

- އުމަރު

އުމަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެސް ވެރިކަމަށް އަރާ ކިޔަނި އެމްޑިޕީ އެކޭ އެއް ލަވައެއް ކަމަށާ ނަމަވެސް ތަފާތީ ރާގު ކަމަށެވެ. އެގޮތުން ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން ވެރިކަން ކުރަން އުނދަގޫ ކަމަށް ސަރުކާރުގެ ވެރިން ދައްކަމުންދާ ބަހަނާ ފާހަގަކޮށް އުމަރު ވިދާޅުވި ވެރިކަމަށް އައީ ވެސް އެ ދަރަނި އޮތްކަން އެނގި ތިބެ ކަމަށާ އެހެންކަމުން ދަރަނީގެ ބަހަނާ ނުދެއްކޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved