
ފިނދަނަ އަޅާ ގެއެކޭ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެކޭ ތަފާތެއް ނެތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ޗަސްބެއްނެތްކަން ހާމަކުރައްވާ މަޖާޒީ ގޮތަކަށް މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާޅު ބީއްސާލާ ދަމައިގަންނަ ހިސާބު (ބާޑީފަށު)ގައި ފިނދަނަ އަޅާ ގެއެކޭ ރައީސް މުއިއްޒުގެ މިވެރިކަމެކޭ ތަފާތެއް ނެތް ކަމަށެވެ.
މަލީހު ވިދާޅުވި ގޮތުގައި މިވެރިކަން މިހާރު މިއޮތީ އޭގެ ޒާތުގައި އަމިއްލައަށް ނިިމިފައެވެ. ވެރިކަން ވެއްޓިއްޖެ ކަމަށާ އެހެންކަމުން މި ވެރިކަން މިވައްޓާލަންވެސް ކޮޅަށް ބަހައްޓަންވެސް ބަޔަކު ދެން އިތުރަށް ކުރާނެ ކަމެއް ނެތް ކަމަށް މަލީހު ވިދާޅުވެފައިވެއެވެ.
އިގްތިސޯދު އޮތް އަނަރޫފަކަން ހަނދާނަށް ގެންނަމުން މަލީހު ވަނީ ޑޮލަރު ހުސްވެ ރައްޔިތުން ހަނާވެއްޖެ ކަމަށް ވިދާޅުވެފައެވެ.










