

ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ސަރުކާރުން ބުނިތާ އެތައް މަހެއް ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 20.10ރ. އަށް އުފުލިއްޖެ އެވެ.
ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.10ރ. އަށެވެ. އަދި މިހާރު މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންގެ ޒަރޫރީ ބޭނުން ތަކަށް ޖެހި އާންމު ދިރިއުޅުމަށް ވަނީ ބުރޫ އަޅާފައި އެވެ. ނަމަވެސް މުއިއްޒު ސަރުކާރުން ކަހާތަން ހިރުވާވެސް ނުލާ އޮތީ ނިދާފަ އެވެ.
ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް, އެ ރޭޓްގައި ޑޮލަރު ގަންނަން ލިބެނެ ކަމަށް ރައީސް މުއިއްޒު ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ސަރުކާރުގެ ނާގާބިލު ކަމުން އެ ބަދަލު ގެނެވިފައިނުވެ އެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.