theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލު, މުއިއްޒު އަރިހުގައި / ސޯޝަލް މީޑިއާ
ސިޔާސީ
މުއިއްޒުގެ އަޚްލާގުން ރައްޔިތުން ދަސްކުރަން އޮތީ މަޖޫސީން ކައިރިންވެސް ދަސްވާނެ ފިލާވަޅު: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
25 ޖޫން 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަޚްލާގުން ރައްޔިތުން ދަސްކުރަން އޮތީ މަޖޫސީން ކައިރިންވެސް ދަސްވާނެ ފިލާވަޅު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ގައުމުގެ ކަންކަމުގައި ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލަމުން މަކަރާ ހީލަތް ހަދަމުން ގެންދާދިއުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ރާއްޖޭގައި އުފެދުނު އެންމެ ނުބައި ވިޔާނުދާ ސިޔާސީ ފަރާތަކީ ރައީސް ޑރ މުއިއްޒު ކަމަށެވެ.

ޑރ މުއިއްޒުގެ އަޚްލާގީ މިންގަނޑު މިނެ ކިރުއްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ މިއަދު އެބޭފުޅާއާއިއެކު ބައިވެރިވެ ދުސްތޫރީ ނިޒާމު ނޮޅާލަނީ ޕީީއެންސީ މަޖްލިސް މެމްބަރުން ކަމަށާ ވެރިކަން ރައްޔިތުން ދިނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށެވެ. ވިއްކީ ރައީސް ޔާމީންގެ ހުސް ގޮނޑިކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ މިއަދު ރައީސް މުއިއްޒުގެ އަޚްލާގުން ރައްޔިތުން ދަސްކުރަން އޮތީ މަޖޫސީން ކައިރިންވެސް ދަސްވާނެ ފިލާވަޅު ކަމަށެވެ.

އެކަން ރައީސް ޔާމީނާ މެދު ފުރަތަމަ ދުވަހު ރައީސް މުއިއްޒު އަމަލު ކުރަން ފެށި ގޮތުން ސާފުވާ ކަމަށާ މިކަމުން އެކަނިވެސް އެއްވެސް މީހަކު ރައީސް މުއިއްޒު އަތުން ދަސްކުރާނެ އަޚްލާގީ ފިލާވަޅެއް ނެތްކަން ހާމަވާ ކަމަށެވެ.

ދީނީ ބޭފުޅެއް ކަމަށް ރައީސް މުއިއްޒު މެޑަލް ޖެއްސެވި ނަމަވެސް ދީނުގެ ކަމެއްވެސް ނެތްކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ އެކަން ޔޯގާ ދުވަސް ފާހަގަކުރިގޮތުން އިތުރަށް ކަށަވަރު ވެއްޖެ ކަމަށެވެ.

ރައީސް މުއިއްޒުގެ ވެރިކަން ހުރިހާ ގޮތަކުން ގޯސް ކަމަށާ އެއްވެސް ފޯމިއުލާއަކުން ދެން ތާއީދެއް ﷲގެ ރަހުމަތުން ރައީސް މުއިއްޒަށް ނުލިބޭނެ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވެފައިވަނީ ބާރަކީ ރައްޔިތުންގެ އެއްޗެއް ކަމަށާ ރައީސް މުއިއްޒު މަކަރު ހެދީ ރައީސް ޔާމީނަށް އެކަނި ނޫން ކަމަށާ ރައީސް މުއިއްޒު މުޅި ރައްޔިތުންނަށް ވެސް މަކަރު ހަދައިފި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved