February 27, 2026
Advertisement
ގާނޫނީ ވަކީލު އަލީ ހުސެއިން
ގާނޫނީ ވަކީލު އަލީ ހުސެއިން / ސޯޝަލް މީޑިއާ

އަލީ ހުސެއިން ސަރުކާރަށް؛ ދައުލަތުގެ ފައިސާ އިސްރާފުކުރުން ހުއްޓާލާ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 26, 2025, 02:51 PM
މާލެ ސިޓީ

ދައުލަތުގެ ފައިސާ އިސްރާފުކުރުން ހުއްޓާލުމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮވާލައިފި އެވެ.

Advertisement

އަލީ މިފަދައިން ވިދޅުވީ ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި ކަން އިއުލާން ކުރުމާއި ގުޅިގެން ނެވެ.

"މިހާރު" އަށް މިފަހުން ދެއްވި އިންޓަވިއުއެއްގަ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. ލަސްތަކެއް ނުވެ، އެ ކުންފުނި ވުޖޫދަށް ގެންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މި ހަބަރު ޝެއާކުރައްވާ އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްދެއް ސުމާރެއް ނެތް މިންވަރަށް ކުންފުނިތައް އުފައްދަމުން ތިޔަ ގެންދަނީ ހަމައެކަނި ސިޔާސީ ބޭނުމަށް ވަކިބަޔަކަށް ބޮޑެތި ވަޒީފާތައް ދޭން ކަމަށެވެ.

ސަރުކާރުން މިފަހުން އަންނީ ގިނަ ކުންފުނިތަކެއް އުފައްދަމުން ނެވެ. އެގޮތުން މުއިއްޒު ސަރުކާރުން ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި ވެސް މިފަހުން ވަނީ ކުންފުންޏެއް އުފައްދައިފަ އެވެ. މީގެ އިތުރުން މިދިޔަ މަހު ވަނީ އެޅިގައި އަޅާ ކުންފުންނެތް ވެސް ރަޖިސްޓްރީކޮށްފައި އެވެ.

މިހާރުވެސް ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އޮތްއިރު އަނެއްކާވެސް އިތުރު ކުންފުނިތައް ހަދައިގެން ސަރުކާރުން ޖަހަން މި އުޅެނީ ކޮން ސަކަރާތެއްތޯ ރައްޔިތުން އަންނަނީ ސުވާލު ކުރަމުން ނެވެ.

ޖަވާބު ގައި ބައެއް މީހުން ބުނަނީ ސަރުކާރުން އެ ކުރާ ކަމަކީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތީ ވަޒީފާ އުފެއްދުން ކަމަށެވެ. އިންތިހާބު ނިމުމުން ކުންފުނި އުވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved