March 20, 2026
Advertisement
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް / އަވަސް

ބަހެއްގައި ސައިކަލެއް ޖެހި ޒުވާނެއްގެ ފައި ބިނދިއްޖެ

Aishath Naja
އައިޝަތު ނަޖާ
Feb 22, 2024, 03:37 AM
މާލެ ސިޓީ

މާލޭގެ މަގުމަތީގައި މަޑުކޮށްގެން އޮތް އެމްޓީސީސީ ބަހެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Advertisement

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވަމުން އައި ސައިކަލެއް ސްޓެލްކޯ ކައިރީ ބަސް ސްޓޮޕްގައި މަޑުކޮށްގެން އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ސައިކަލު ބަހުގައި ޖެހުމަށްފަހު، މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ވެސް ޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 20:00 އެހާކަންއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކަށެވެ.

އެ ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން ސައިކަލް ދުއްވަން އިން ޒުވާނާގެ އަތުގައި ލައިސަންސްވެސް ނެތް ކަން އެނގިފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved