March 19, 2026
Advertisement
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް / ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ކަމަކީ ބިލެއް ފާސްކުރާހާ އަވަހަށް އެބިލް އިސްލާހު ކުރަން ފޮނުވުން: މައުރޫފް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 26, 2025, 07:37 PM
މާލެ ސިޓީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައި އެބިލް ފާސްކޮށް، ތަސްދީގު ކުރައްވާތާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް އިސްލާހަށް ފޮނުވުން ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުން ގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސް ކޮށްފައިވެއެވެ. މިބިލް ހުށަހަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދުއެވެ. އެ  ބިލުގައި 14 އިސްލާޙެއް ހިމަނާފަ އެވެ. އިސްލާޙުތަކުގެ ތެރޭގައި ބަންޑާރަނައިބުގެ ބާރުތައް ހަނިކުރުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ބައެއް ބާރުތައް ލިބިދޭ ބަދަލުތައް ހިމެނެއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ބަނޑާރަ ނައިބުގެ ބިލަކީ، މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައި ސަރުކާރުން ހުށަހަޅައި ފާސްކޮށް ތަސްދީގު ކުރެއްވި ބިލެއް ކަމަށް މައުރޫފު ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުން އެކަނި ވެސް އަހަރެއްގެ ތެރޭގައި ގާނޫނަށް ހަތަރު އިސްލާހެއް ގެނެސްފައިވާކަން މައުރޫފު ފާހަގަކުރައްވާފައި ވެއެވެ. މައުރޫފް ވިދާޅުވީ މި ސަރުކާރުން ގެންނަ ގާނޫނާއި ފާސްކުރާ ބިލުތަކަށް މަހެއް ނުވަނީސް އިސްލާހުތައް ހުށަހަޅަން ފެށުމުން ސަރުކާރުގެ މައްސަލަތަކެއް ހުރިކަން ސާފުވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރާނެ މަސައްކަތެއް ނެތި، މެމްބަރުން ހުށަހަޅާ ގަރާރެއް އަދި ކުރިއަށް ގެންދާނެ  ބަހުސްއެއް ނެތުމުގެ ސަބަބުން މެމްބަރުން އެވަހާކަ ދައްކާތާ އެތައް ދުވަހެއްވެފައިވާކަމަށް އެބޭފުޅާ ވިދާޅުވެފައި ވެއެވެ. އަދި މަޖިލީހަށް ފޮނުވާ ބިލު ފާސްކޮށް، ތަސްދީގުކުރުމަށްފަހު، ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އަނބުރާ އެ ބިލް ފޮނުވަނީ މަޖިލީހަށް ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved